ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/142/2023/102
ޕަބްލިޝްކުރި ތާރީޚް: 20 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 13:41
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިނުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ނަންބަރު (IUL)142-C2/142/2023/92 (06 އެޕްރީލް 2023) ގެ އިޢުލާނުގެ ދަށުން 1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކާއި އެ ކުންފުނިތަކަށް ހުއްދަ ދީފައިވާ އަގުތަކާއި ކޯޓާގެ ތަފްސީލު ތިރީގައި އެވަނީއެވެ.

 

#

ކުންފުނީގެ ނަން

އަގު

ކޯޓާގެ ޢަދަދު

ފޯން ނަންބަރު

1

އަލްހަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

75465/-

90

3334975

2

ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް

75250/-

90

3328122

3

އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް

75000/-

90

3317789

 

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 5 ވަނަ މާއްދާގެ (ނ) ވާ ގޮތުގެ މަތިން މަތީގައި ބަޔާންކުރެވިފައިވާ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތަކީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތެވެ. ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެކެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

20 އެޕްރީލް 2023