ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)425-A2/1/2015/ 3
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 26 ޖަނަވަރީ 2015 14:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް .4

މަޤާމްގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ޑިޕާޓްމަންޓް:

ކައުންސިލް ބިއުރޯ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

5020.00 ރުފިޔާ

ސަރވިސް އެލެވެންސް:

1500.00 ރުފިޔާ

ބޭނުންވާ އަދަދު:

1

މަޤާމުގެ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފާވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. މާލޭ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، އެކަންކަން ބެލެހެއްޓުން.
  2. ކައުންސިލަރުން ބައިވެރިވާ ބައްދަލުވުންތަކާއި ކުރައްވާ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމުގައި ބައިވެރިވުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
  • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

ޖަމާޢާތްތެރި

މަޤާމުގެ ރޭންކް:

ޖީ . އެސް 3

މަޤާމްގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ  ގްރޭޑް 1

ޑިޕާޓްމަންޓް:

އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު 4465.00  ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު 1500.00  ރުފިޔާ

ބޭނުންވާ އަދަދު:

3

މަޤާމުގެ ޝަރުޠު:

1- ޖަމާޢަތްތެރިކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

2- ޖަމާޢަތްތެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މައްޔިތާ ވަޅުލުމުގައި ކުރަންޖެހޭ މަސައްކަތްތައް ދީނީގޮތުން އެކަން ކުރަން އޮންނަ އެންމެ ރަނގަޅަށް ކުރުން.

2. މާލޭ ސިޓީގައި އެވަގުތަކު މީހުން ވަޅުލަމުންދާ ސަހަރާގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3. ނިޔާވެގެން ސަހަރާއަށް ގެންދާ މައްޔިތުން ވަޅުލުމުގައި މައްޔިތާގެ އާއިލާއިން އެދޭ ކަންތައްތަކުގައި ދެވެން އޮންނަ އެހީތެރިކަމެއް ދިނުން.

4. މައްޔިތާ ވަޅުލުމުގައި އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ، ވީއެންމެ އަވަހަކަށް މާލޭ ސިޓީކައުންސިލްގެ ކަމާބެހޭ ވެރިއަކަށް އެކަން އެންގުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ޞިއްޙަތު ރަނގަޅު ފަރާތްތައް.
  • ފިރިހެނުންނަށް.

އުޖޫރައާއި ޢިނާޔަތްތައް:

  • ސިވިލް ސަރަވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލެވަންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ އެކްރެޑިޓް ކުރުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު އެޓެޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި)
  • ސިވިލް ސަރވިސް ވަޒީފާއެއްގައިހުރި މުވައްޒަފެއްނަމަ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" ހުށަހަޅަންވާނެއެވެ.
  • ސިވލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މީހުންނާ މުއާމަލާތްކުރުމުގައި ބަސްމަގު ހަރުދަނާ މީހުން.

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން:

 މި މަޤާމްތަކަށް އެދޭ ފަރާތްތަކުން 2015 ޖަނަވަރީ 26 ވާ ހޯމަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން. މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމް މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓް www.malecity.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިންޓަރވިއު އޮންނަ ދުވަހާއި ތަން:

 

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް 2015 ފެބުރުވަރީ 8 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅަމުން ގެންދާނެއެވެ.  އިންޓަވިއު ކުރިޔަށްދާނީ، މަޖީދީ މަގުގައި ހުންނަ މާލޭ ސިޓީ ހޯލުގެ 3 ވަނަ ފަންގިފިލާގައެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމްތަކަށް އިންޓަވިއުކުރުމަށް ގުޅާނީ، މެރިޓް އުޞޫލުން ބަލައި ޝޯޓްލިސްޓްކުރުމަށްފަހު 15 ފަރާތަކަށެެވެ.
  • މި ވަޒީފާތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ފޯނު ނަންބަރު 7989840 / 3323902 އަށެވެ.

23 ރަބީޢުލްއައްޥަލް 1436

14 ޖަނަވަރީ 2015