މަސައްކަތް
ނަންބަރު: (IUL)434-A/1/2015/01
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 20 ޖަނަވަރީ 2015 11:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

 އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެދަށުން ކ.ހިންމަފުށީގައި ކްލައިންޓުންނަށް ފަރުވާދޭ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރަށް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

20 ޖަނަވަރީ 2015

އަންގާރަ

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

26 ޖަނަވަރީ 2015

ހޯމަ

11:00 (މެންދުރުކުރި)

20 ރަބީޢުލްއައްވަލް 1436

11 ޖަނަވަރީ 2015