ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FCD/2015/01
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:17
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހެލްތު ސެޓުފިކެޓު ދޫކުރުމާބެހޭ

މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށްޓަކައި ދޫކުރެވޭ ހެލްތު ސެޓުފިކެޓަށް މިހާރު ފައިސާ ދެއްކެނީ ދުވާލަކު 10 ސެޓުފިކެޓުގެ މަގުންނެވެ. އެހެންކަމުން މަސް ބޭރުކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާތީ، މިއުސޫލަށް ބަދަލުގެނެސް ދުވާލަކަށް 10 ސެޓުފިކެޓުގެ ބަދަލުގައި ވަކި އަދަދެއް ނެތި ފައިސާ ދެއްކޭނެ ގޮތަށް ހަމަޖައްސައިފީމެވެ. ނަމަވެސް ސެޓުފިކެޓަށް ދައްކާ ފައިސާ ރިފަންޑް ނުކުރެވޭނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހުގެ 2:00 އަށް މިނިސްޓްރީ އޮފް ހެލްތުގެ ފައިސާ ދައްކާ ކައުންޓަރުން ހެލްތް ސެޓުފިކެޓަށް ފައިސާ ބަލައިގަންނާނެ ކަމުގައި ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014305 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

08 ޖަނަވަރީ 2015