ދިވެހިރާއްޖެ
`
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
ފޮނަދޫ،
ދިވެހިރާއްޖެ O8MC-USL/2023/01
ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކާއި، ތަން ކަނޑައަޅައިދޭ އުޞޫލު
ތަޢާރުފާއި ނަން |
1 |
(ހ) |
މި އުޞޫލަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 156 މާއްދާ އަށް ރިޢާޔަތްކޮށް ޤަވާޢިދު ނަންބަރު 2022/R-99 (ޢާއިލާއާބެހޭ ގަވާއިދު)ގެ 08 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި، އަދި އެޤަވާޢިދުގެ 06 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ މަޖިލިސް ބާއްވާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ކޯޓުން ރިޢާޔަތް ކުރާނެ ކަންކަން ޢާންމުކޮށް އިޢުލާން ކުރުމުގެ ގޮތުން އެކުލަވާލާފައިވާ އުޞޫލެކެވެ. |
|
|
(ށ) |
މި އުސޫލަށް ކިޔާނީ، "ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކާއި، ގަޑިތަކާއި، ތަން ކަނޑައަޅައިދޭ އުޞޫލު" އެވެ. |
މަޤުޞަދު |
2 |
|
މިއުޞޫލުގެ މަޤުޞަދަކީ ޤަވާޢިދު ނަންބަރު 2022/R-99 (ޢާއިލާއާބެހޭ ގަވާއިދު)ގެ 06 ވަނަ މާއްދާގެ (ށ) އާއި 08 ވަނަ މާއްދާގެ (ނ) އާއި އެއްގޮތަށް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި، ތަން ކަނޑައަޅައިދޭ އުޞޫލު އެކުލަވާލާ ޢާންމުކުރުމެވެ. |
ރަސްމީ ދުވަސް ތަކުގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުން |
3 |
(ހ) |
ރަސްމީ ދުވަސް ދުވަހު ރަސްމީ ގަޑީގައި ކޯޓުގައި ކުރަން އެދޭ ކައިވެނިތައް ރަސްމީ ކޮންމެ ގަޑިއެއްގައިވެސް ކޮށްދޭނެއެވެ. |
|
|
(ށ) |
ރަސްމީ ދުވަސް ދުވަހުގެ ނުރަސްމީ ގަޑީގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަން އެދޭ ކައިވެނިތައް ކޮށްދޭނީ އެދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 22:30 އާ ދެމެދުގެ ވަގުތެއްގައެވެ. |
|
|
(ނ) |
ރަސްމީ ދުވަސް ދުވަހުގެ ރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމެއް ނޯންނެއެވެ. |
ރަސްމީ ބަންދު ދުވަސް ތަކުގައި ކޯޓުގަ އާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުން |
4 |
(ހ) |
ރަސްމީ ބަންދު ދުވަސް ދުވަހު ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަން އެދޭ ކައިވެނިތައް ކޮށްދޭނީ އެދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 22:30 އާ ދެމެދުގެ ވަގުތެއްގައެވެ. |
ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދިނުން |
5 |
|
ރަމަޟާންމަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭނީ އަންނަނިވި ގޮތުގެ މަތިންނެވެ. |
|
|
(ހ) |
ރަސްމީ ދުވަސް ދުވަހު ރަސްމީ ގަޑީގައި. |
|
|
(ށ) |
ރަސްމީ ދުވަސް ދުވަހުގެ ނުރަސްމީ ގަޑީގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަން އެދޭ ކައިވެނިތައް ކޮށްދޭނީ އެދުވަހެއްގެ ރޭގަނޑު 21:00 އިން ރޭގަނޑު 22:30 އާ ދެމެދުގެ ވަގުތެއްގައެވެ. |
|
|
(ނ) |
ރަސްމީ ބަންދު ދުވަސް ދުވަހު ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަން އެދޭ ކައިވެނިތައް ކޮށްދޭނީ އެދުވަހެއްގެ ރޭގަނޑު 21:00 އިން ރޭގަނޑު 22:30 އާ ދެމެދުގެ ވަގުތެއްގައެވެ. |
ކައިވެނިކޮށް ނުދެވޭނެ ދުވަސްތައް |
6 |
|
އަންނަނިވި ދުވަސްތަކަކީ ކައިވެނިކޮށް ދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކެއް ނޫނެވެ. |
|
|
(ހ) |
ފިޠުރުޢީދު ދުވަހާއި އަދި ފިޠުރުޢީދުގެ މުނާސަބަތާއި ގުޅިގެން އަންނަ ރަސްމީ ބަންދު ދުވަސްތައް. |
|
|
(ށ) |
ޙައްޖު ދުވަސް. |
|
|
(ނ) |
އަޟްޙާ ޢީދު ދުވަހާއި އަދި އަޟްޙާ ޢީދުގެ މުނާސަބަތާއި ގުޅިގެން އަންނަ ރަސްމީ ބަންދު ދުވަސްތައް. |
ކައިވެނި ކޮށްދޭ ތަން |
7 |
(ހ) |
ކޯޓު ނޫން އެހެންތަނެއްގައި ކައިވެނީގެ މަޖިލިސް ބާއްވާނަމަ، ކައިވެނީގެ މަޖިލިސް ބާއްވާ ތަނަކީ އެފަދަ މަޖިލީހަކަށް އެކަށީގެންވާ ތަނަކަށް ވާން ވާނެއެވެ. |
|
|
(ށ) |
އެކަށީގެންވާ ތަނެއްކަމުގައި ބެލެވޭނީ އެތަނަކީ ހަމައެކަނި ކައިވެނީގެ މަޖިލީހަށް ޚާއްޞަކުރެވިފައިވާ، ފަސޭހަކަމާއެކު ވަދެ ނިކުމެވޭ، އަދި ފަސޭހަކަމާއެކު އިށީދެވޭނެ ޖާގަ ތަނަވަސް ތަނެކެވެ. |
|
|
(ނ) |
ކައިވެނީގެ މަޖލީހަށް ޚާއްޞަކުރެވިފައިވާ ތަނެއްކަމަށް ބެލެވޭނީ މޭޒު، ގޮނޑި ފިޔަވައި އެނދު ފަދަ ތަކެތި ނެތް ތަންތަނަށެވެ. |
ޢަމަލުކުރަން ފެށުން |
8 |
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، 19 އޭޕްރީލް 2023 ވަނަ ދުވަހުން ފެށިގެންނެވެ. |