މަސައްކަތް
ނަންބަރު: (IUL)KRH/PLD/2023/60
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 03 މޭ 2023 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޑިޒައިންކޮށް، އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކުރުން.

މި އިޢުލާނަކީ ހދ ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޑިޒައިންކޮށް، އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.

ވީމާ، މި މައްސަކަތް ކުރުމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 20 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 މެއި 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 20 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި މަސައްކަތާ ގުޅޭ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)

  • ތާރީޚް: 08 މެއި 2023 (ހޯމަ ދުވަސް)
  • ގަޑި: 11:00 ގައި
20 އޭޕްރިލް 2023