ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2015/4
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 19 ޖަނަވަރީ 2015 10:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާ ގުޅޭ

ރުއްގަހުގެ ވެރިން ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: ME305/305/2014/157-ފIUL)305)ފ(28 ޑިސެންބަރު 2014) އިޢުލާނަށް އިޖާބަ ދެއްވާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ، ތިރީގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ރ. މާކުރަތުން ގެވަޅު ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ތެރެއިން 02 ވަނަ ސަރަޙައްދުގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. ގެވަޅު ދޫކުރުމަށް ހަމަޖެހިފައިވާ 2 ވަނަ ސަރަޙައްދަކީ ރ. މާކުރަތު ވިލް، ހިޔަ، އިރަމް އެވެ ކިޔާ ގޯތިހިމެނޭ ބްލޮކުގެ ދެކުނުން 22 ގޯއްޗެވެ.

ވީމާ، މިސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިޔަކު ވާނަމަ 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015