ޢާންމު މަޢުލޫމާތު
ނަންބަރު: ((IUL)417-IMS/417/2023/40
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:34
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯފެން ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

އެގިވަޑައިގެންފައިވާ ފަދައިން ވާރޭނުވެހި ގިނަދުވަސް ވުމާއިގުޅިގެން ގދ.ހޯނޑެއްދޫގެ އާންމު ތާނގީތަކުންނާއި ބައެއް ގެތަކުން ވާރޭފެން ވަނީ ހުސްވެފައެވެ. އަދި މިހާރު ވާރޭފެން ހުސްވެފައިވާ ގެތަކުގެ ރައްޔިތުން، ވާރޭފެން ހުރި ގެތަކުން ފެން ނަގަމުންދާތީ އެގެތަކުގައި ރައްކާ ކުރެވިފައިވާ ވާރޭފެން ހުސްވުމާއި ގާތަށް މިވަނީ ގޮސްފައެވެ. އެހެންކަމަށްވުމާއިއެކު، ހޯނޑެއްދޫގެ އާންމު ރައްޔިތުންނަށް ބޯފެން ހަދިޔާ ކުރައްވަން ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ވީމާ، ހޯނޑެއްދޫގެ އާންމު ރައްޔިތުންނަށް ބޯފެން ހަދިޔާ ކުރައްވަން ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ކައުންސިލް އިދާރާގެ މުވައްޒަފުންނާ ގުޅުއްވައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

-         މުޢާޛް މުޙައްމަދު، ސެކްރެޓަރީ ޖެނެރަލް – 9192818

-         ޢިނާޔަތުﷲ ޢަބްދުއްސައްތާރު، ކައުންސިލް އެގްޒެކެޓިވް - 7915501

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޭޕްރިލް 2023