ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-REG/23/2023/6
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:34
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
Falsified Defitelio (Defibrotide Sodium)

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                   

މިނިސްޓްރީ އޮފް ހެލްތު

މާލެ، ދިވެހިރާއްޖެ

                                                          (IUL)182-REG/23/2023/6  :ނަންބަރ 

އެލާރޓް

Falsified Defitelio (Defibrotide Sodium)

                              

                   Defitelio (Defibrotide Sodium) ގެ ފޯލްސިފައިޑް ބެޗްތަކެއް ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނާއި، ކިރްގިސްތާން އިން ފެނިފައިވާކަމަށް ޑަބްލިއު.އެޗް.އޯ ގެ އެލާޓް ނަންބަރު: RPQ/REG/ISF/Alert No3/2023 އިން ވަނީ އެލާޓް ކުރައްވާފައެވެ.

 

                   މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ނަމަ، ތިރީގައިވާ މި ފޯލްސިފައިޑް ބޭހުގެ ބެޗްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

                  

                   ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއެއް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                 

                   އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ، މިއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.

 

18 އޭޕްރިލް 2023