ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/57
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 04 މޭ 2023 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތު 2023

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތު 2023

7 ފުރުޞަތު

ކޯހުގެ ޢަދަދު:

1 އެނެސްތީސިއޮލޮޖީ

1 އިންޓަރނަލް މެޑިސިން

1 ސްޕައިން ސާރޖަރީ

1 ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ

1  ގައިނަކޮލޮޖީ

1 ޖެނެރަލް ސާރޖަރީ

1 ޕީޑިއޭޓްރިކް

ދާއިރާ:

ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިޞްރު، ސައުތް އެފްރިކާ، އަލްޖީރިއާ، ސައުދީ އަރަބިއްޔާ

ޤައުމު:

1. - އެމް.ބީ.ބީ.އެސް ހާސިލްކޮށްފައިވުން.

- ސްޕައިން ސާރޖަރީ އަށް ހުށަހަޅާ ފަރާތްތަކުން އޯތޮޕީޑިކްސް އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވުން.

- ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ އަށް ހުށަހަޅާ ފަރާތްތަކުން ޕީޑިއޭޓްރިކްސް އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވުން.

2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ  

4. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.

5. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ކެންޑިޑޭޓަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

6. ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް އަތޮޅުތެރެއަށް ޚިދުމަތްކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް (ކެންޑިޑޭޓު ސޮއިކޮށްފައިވާ).

7. އެމް.ބީ.ބީ.އެސް ހާސިލު ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ ތަންތަނާއި މުއްދަތު އަދި މަޤާމް އެނގޭނެ ރަސްމީ ލިޔުންތައް.

8. ކުރިން ލޯނު ނަންގަވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކަވާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ކުރިން ނަންގަވާފައިވާ ލޯނު ދައްކަވަމުން ގެންދަވާނެކަން ބަޔާންކުރާ ކެންޑިޑޭޓުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމާ ޙަވާލުވާނަމަ، އެ ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅުއްވަންޖެހޭ ތަކެތި

 

* މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.

1. މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ މިސްކޮލަރޝިޕްގައި ކިޔަވާ ނިންމުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަށް އަތޮޅުތެރެއަށް ޚިދުމަތް ކުރުމަށް އެއްބަސްވާ ފަރާތްތަކަށެވެ. ނަމަވެސް ހުޅުވާލާފައިވާ ފުރުޞަތުގެ ޢަދަދަށްވުރެ ގިނަ ފަރާތްތަކުން އަތޮޅުތެރެއަށް ޚިދުމަތް ކުރުމަށް އެއްބަސްވާނަމަ ދެން އިސްކަންދެވޭނީ އެފަރާތްތަކުން އެމް.ބީ.ބީ.އެސް ފުރިހަމަ ކުރުމަށްފަހު ސިއްޙީ ޚިދުމަތް ދެއްވާ ތަނެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. އަދި ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. (މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.) 

 

* މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް(ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ،  އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

 

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

 

އިތުރު      މަޢުލޫމާތު:

ސުންގަޑި: 4 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

20 އޭޕްރިލް 2023