ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، ހުޅުމާލޭ ޓަރމިނަލްގައި ބައުންޑަރީ ވޯލްއެއް ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަމްބަރު PD/1/2023/21 އިއުލާނާއި ގުޅިގެން މަސައްކަތް އެވޯޑްކުރި ފަރާތުން ދޫކޮށްލާފައިވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ޕްރީބިޑް މީޓިންގ އަދި ސައިޓް އިންސްޕެކްޝަން
|
ޕްރީބިޑް މީޓިންގ 25 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. (ސައިޓްއިންސްޕެކްޝަން ކުރިޔަށްގެންދާނެ ވަގުތެއް ޕްރީބިޑް މީޓިންގ ގައި ކަނޑައެޅޭނެއެވެ. ޕްރީބިޑް އަދި ސައިޓްއިންސްޕެކްޝަން އަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 ނުވަތަ [email protected] އަށް އީމެއިލްކުރެއްވުންއެދެމެވެ.