ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2023/55
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 31 މޭ 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ހަނިމާދޫ ކައުންސިލުން ދޫކޮއްފައިވާ 3000 ( ތިންހާސް) އަކަފޫޓު ގެ 200 (ދުއިސައްސަތަ) ބަންޑާރަ ގޯއްޗާއި ގުޅޭ!

އިޢުލާން

    

ހދ.ހަނިމާދޫ ކައުންސިލުން ދޫކޮއްފައިވާ 3000 ( ތިންހާސް) އަކަފޫޓު ގެ 200 (ދުއިސައްސަތަ) ބަންޑާރަ ގޯއްޗާއި ގުޅޭ!

 

 

ހދ.ހަނިމާދޫއިން ދޫއްކޮއްފައިވާ 200 (ދުއިސައްތަ) ބަންޑާރަ ގޯތި 30 ޖޫން 2023 ގެ ނިޔަލަށް ގޯތީގެ ކަންމުޑި ޖަހާ މަގުތައް އެނގޭގޮތަށް ކޮންމެ ގެވަޅަކަށްވާ މަގެއްގެ ދެބައިކުޅަ އެއްބަޔާއި ބަންޑާރަގޯތި  ސާފު ކޮށް ނިންމުމަށް ދަންނަވަމެވެ. އަދި މި މުއްދަތަށް ގޯއްޗާއި އެގޯއްޗަކަށްވާ މަގުގެ ދެބައިކުޅަ އެއްބައި ސާފުނުކުރާ ފަރާތްތަކުގެ ވަގުތީ ރަޖިސްޓަރީ ބާތިލް ކުރުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވާ ކަމުގައި ދެންނެވީމެވެ.

ވީމާ ގެވަޅު ބްލޮކްތަކާއި މަގުތައް އަލިކުރަމުންދާ މިންވަރަކުން އެ ބްލޮކެއްގައި ހިމެނޭ ގޯތިތަކުގެ ދާއިމީ ރަޖިސްޓަރީ ހަދައިދެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެން ކަމުން މިގޮތުގެ މަތިން ޢަމަލު ކުރުމަށް އަންގާ އިޢުލާން ކުރީމެވެ.

19 އޭޕްރިލް 2023