ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)BCC-HR/1/2023/31
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 26 އޭޕްރިލް 2023 12:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީީފާގެ ފުރުސަތު - އެސިސްޓެންޓް މެނޭޖަރ، ފައިނޭންސް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ، ފައިނޭންސް

ސެކްޝަން/ޑިވިޜަން:

އެކައުންޓްސް އެންޑް ފައިނޭންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ ބާވަތް:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް

މަޤާމުގެ ޝަރުތުތައް:

އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ އެއާއި ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން އަދި 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ

ނުވަތަ އޯ ލެވެލް އަދި ގުޅޭ ދާއިރާއިން 05 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޓާރމްސް އޮފް ރިފަރެންސް އަށް ރިޢާޔަތް ކުރައްވާ

މުސާރަ:

14،000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައި)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ޕޮލިސް ސެޓްފިކެޓް
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

26 އޭޕްރިލް 2023 ވަނަ ދުވަހުގެ 12:00 އަށް

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޭޕްރިލް 2023 ގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 އޭޕްރިލް 2023