ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/165
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 20 އޭޕްރިލް 2023 10:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 17 ޖޫން 2023 - ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

(IUL)38-AC/38/2023/165 :ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ. ފިނޭ، މ. ވޭވަށް، ކ. ދިއްފުށި، ތ. ގާދިއްފުށި، ލ. މާމެންދޫ އަދި ގދ. ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.  

ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން

ދާއިރާ

ތަން

ތާރީޚު އަދި ދުވަސް

ގަޑި

 ހދ.ފިނޭ

 ހދ.ފިނޭ ކައުންސިލް އިދާރާ

20 އެޕްރީލް 2023، ބުރާސްފަތި

10:00

 މ.ވޭވަށް

 މ.ވޭވަށް ކައުންސިލް އިދާރާ

20 އެޕްރީލް 2023، ބުރާސްފަތި

10:00

 ކ. ދިއްފުށި

 ކ. ދިއްފުށި ކައުންސިލް އިދާރާ

20 އެޕްރީލް 2023، ބުރާސްފަތި

10:00

 ތ.ގާދިއްފުށި

 ތ. ގާދިއްފުށި ކައުންސިލް އިދާރާ

20 އެޕްރީލް 2023، ބުރާސްފަތި

10:00

 ލ.މާމެންދޫ

 ލ.މާމެންދޫ ކައުންސިލް އިދާރާ

20 އެޕްރީލް 2023، ބުރާސްފަތި

10:00

 ގދ. ހޯނޑެއްދޫ

 ގދ. ހޯނޑެއްދޫ ކައުންސިލް އިދާރާ

20 އެޕްރީލް 2023، ބުރާސްފަތި

10:00

 

އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ. 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

19 އޭޕްރިލް 2023