ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-A/238/2023/7
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 27 އޭޕްރިލް 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅުކައުންސިލްގެ ވެބްސައިޓް ފަރުމާކުރުން

އިއުލާން

ދ. އަތޮޅުކައުންސިލްގެ ވެބްސައިޓް ފަރުމާކުރުން :

 

ސުރުޚީގައި ދަންނަވާފައިވާ މިކައުންސިލްގެ ވެބްސައިޓް ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ، ވެބްސައިޓް ފަރުމާކުރުމަށްފަހު މަސައްކަތް ކޮށްދެވޭނެ އަގާއި މުއްދަތު އެނގޭގޮތަށް ، ޑިޒައިން އާއި އެކު ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.  އީ - މެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected]  އަށެވެ.  ހުށައަޅާފައިވާ ހުށައެޅުންތަކުގެ ތެރެއިން މި ކައުންސިލަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައެޅި ފަރާތަކާއި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

18 އޭޕްރިލް 2023