ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-A/238/2023/6
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 27 އޭޕްރިލް 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުން

އިއުލާން

ދ. އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުން :

 

ސުރުޚީގައި ދަންނަވާފައިވާ މިކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ، ލޯގޯ ފަރުމާކުރުމަށްފަހު ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން މިކައުންސިލުން ލޯގޯއެއްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 7000.00 ( ހަތްހާސް ރުފިޔާގެ ) ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.  އީ - މެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

18 އޭޕްރިލް 2023