ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2023/93
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 26 އޭޕްރިލް 2023 13:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފިސަރ(ވަގުތީ)

އިޢުލާނު

މި މިނިސްޓްރީގެ ނަންބަރު (IUL)459-HR/1/2023/78އިޢުލާން ބާޠިލްކޮށް އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

 

މަޤާމު:

ޕްރޮކިއުމެންޓް އޮފިސަރ

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ވަގުތީ

 

މުއްދަތު

01 އަހަރު )ވަޒީފާ ހަމަޖެހޭ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް)

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ހުޅުމާލެ

 

ޑިޕާޓްމަންޓް:

ޕްރޮކިއުމަންޓް ސެކްޝަން

 

މުސާރަ:

 8500.00 ރުފިޔާ

 

އެލަވަންސް:

 7880.00   ރުފިޔާ

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޕްރޮޖެކްޓްތަކުގެ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނު، ލޯކަލް ޕްރިކިއުމަންޓް ގައިޑްލައިންތައް އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ދެނެގަތުމަށް ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެ ދަށުން ސާމްޕްލް ޕްރޮކިއުމަންޓް ރިވިއު އެއް ތައްޔާރުކުރުން. މި ސާމްޕްލް ރިވިއު ތައްޔާރު ކުރާއިރު ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނުގައި ބަޔާން ކުރާ ކަންކަން ކަށަވަރުކުރުމާއި އަދި އެހެނިހެން މާލިއްޔަތާއި ގުޅުންހުރި ގައިޑްލައިން ބަލައި އަދި ބޭރު އެހީގެ ގޮތުގައި ލިބޭ ފައިސާއިން ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުމުގައި އެހީ ދެއްވާ ފަރާތުގެ ވަކި ޕްރޮކިއުމަންޓް ގައިޑްލައިންސް ހުރިނަމަ ބަލައި ރިވިއު ކޮށް ޑޮކިއުމަންޓް ކޮށް ބެލެހެއްޓުން.
  • ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތަށް ޕްރޮޖެކްޓް ޓީމުގެ އެހެން މެމްބަރުންނާ ޕްރޮކިއުމަންޓުގައި ދިމާވާ ކަންކަން ޙިއްސާކުރުމާއި، މަޝްވަރާކުރުމާއި އަދި ޙައްލުކުރުމަށް ޓީމް މެމްބަރުންނާއި އެކުގައި މަސައްކަތް ކުރުން. އަދި ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތަށް ޕްރޮޖެކްޓްތަކުގެ ޕްރޮކިއުމަންޓް އަދި ޕްރޮކިއުމަންޓާ ގުޅުންހުރި ހުރިހާ މަސައްކަތްތަކަކަށް ޒިންމާވުން.
  • ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތަށް އިންފްރާސްޓްރަކްޗަރ މަސައްކަތްތަކުގެ ޕްރޮކިއުމަންޓް ޕްލޭނެއް ތައްޔާރުކުރުން. މި ޕްލޭނުގެ ތާވަލާ އެއްގޮތަށް ކަންކަން ނިންމުން އަދި މި ޕްލޭންގައި ވާ ކަންކަން ކުރިއަށް ދާގޮތް ބަލައި ޕްރޮޖެކްޓް މެނޭޖަރު ތާވަލުކުރާ އުޞޫލެއްގެ މަތިން ޕްލޭން އަޕްޑޭޓްކޮށް އެންމެ ފަހުގެ މަޢުލޫމާތު ފާހަގަވާނެހެން ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކުރާ ރިޕޯޓު ފޯމެޓެއްގައި ބެލެހެއްޓުން.
  • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޕްރޮކިއުމަންޓް ޕްލޭނުގައި ތާވަލުކޮށްފައި ހުންނަ  އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ޑޮކިއުމަންޓްސް، ޓެންޑަރ ޑޮކިއުމަންޓްސް، ރިކުއެސްޓް ފޮރ ޕްރޮޕޯސަލްސް، ތަކެތި ގަތުމަށް ކުރާ އެއްބަސްވުންތައް، މަސައްކަތް ޙަވާލުކުރުމަށާއި ކޮންސަލްޓަންސީ މަސައްކަތްތަކަށް އަދި އެހެނިހެން މަސައްކަތްތަކަށް ކުރާ އެއްބަސްވުން ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާއި އެއްގޮތަށް ތައްޔާރުކުރުން.
  • ޕްރޮޖެކްޓްތަކަށް ތަކެތި ގަތުމަށާއި މަސައްކަތްތައް ކުރުމަށް ކުރާ އިއުލާނު އަދި ބިޑުތަކުގެ އިވެލުއޭޝަން މަރުޙަލާގެ އިންތިޒާމްތަކާއި މަސައްކަތްތައް ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތަށް ކުރުން.
  • ލޯކަލައިޒްޑް ކޮމިއުނިޓީ ލެވެލް ޕްރޮކިއުމަންޓް މަސައްކަތްތަކުގެ ކޮންޓްރެކްޓްތައް އަދި އެހެނިހެން ކަމާގުޅުންހުރި ޑޮކިއުމަންޓްތަކުގައި ރަނގަޅަށް ބަލާ މުރާޖާ ކުރަންޖެހޭ ކަންކަން ފާހަގަވާ ނަމަ،  ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތަށް އަލުން މުރާޖާ ކުރުން. އަދި މިފަދަ ލިޔެކިޔުންތަކަކީ ދިވެހިރއްޖޭގެ ޕްރޮކިއުމަންޓް ގައިޑްލައިންތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ތައްޔާރުކުރާ ލިޔެކިޔުންކަން ޕްރޮޖެކްޓް ނޭޖަރުގެ އިރުޝާދާ އެކު ކަށަވަރުކުރުން.
  • މިނޫންވެސް މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓާއި ގުޅިގެން ޙަވާލުކުރާ މަސައްކަތްތައް ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާއި އެއްގޮތަށް ކޮށް ނިންމުން.
  •  

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • މެނޭޖްމަންޓް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް  

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޭޕްރީލް 2023 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް )އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] )މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،27 އޭޕްރީލް 2023 އާއި20 މޭ 2023 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ) އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2ވަނަ ފަންގިފިލާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

       

27 ރަމަޟާން 1444

 18 އޭޕްރީލް 2023

18 އޭޕްރިލް 2023