ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)289/289/2023/21
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 27 އޭޕްރިލް 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް ( ވޭޖް އެމްޕްލޮއިމަންޓް )

އިޢުލާން

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމަންޓް

ބޭނުންވާ އަދަދު:

3

ކޮންޓްރެކްޓްގެ މުއްދަތު:

7 މަސް

އޮފީސް / އިދާރާ:

ނ. ލަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ. ލަންދޫ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރ

މުސާރަ:

މިނިމަމްވޭޖުގެ ދަށުން މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް33/65  ( ތެއްތިރީސް ރުފިޔާ / ފަސްދޮޅަސް ފަސް ލާރި )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 – ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2 – ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ފާސްކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3 – ލަންދޫގައި ރައްކާތެރިކަމާއެކު ކުނި ނައްތާލާ ނިޒާމުގެ ދަށުން ލަންދޫ ކައުންސިލްގެ މުނިސިޕަލް އެންޑް އިނފްރާސްޓްރަކްޗަރ މެނޭޖްމެންޓް ޔުނިޓްގެ މުވައްޒަފެއްގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

4 – ކުނިމެނޭޖްކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ކައުންސިލުން ހަމަޖައްސާފައިވާ އުޞޫލުން ސާފުކޮށް ބެލެހެއްޓުން.

5 – ގޭބީސީތަކުގައި އުފެދޭ ކުނިބުނި ކޮންމެ ދުވަހަކުވެސް ނަގާ، ކަލެކްޓްކޮށް ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް   ގެންގޮސް ސެގްރިގޭޓްކޮށް މެނޭޖްކުރުމުގެ މަސައްކަތްތައް ކުރުން.

6 – ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން، ރަށުތެރޭގައި އުފެދޭ ކުނި ނައްތާލުމުގައި ކުރަނޖެހޭ މަސައްކަތްތައް ކުރުން.

7 – ކުނިކޮށީގައި ސެގްރިގޭޓްކުރި ކުނި އަޅަން ހަމަޖެހިފައިވާ ސަރަޙައްދުތަކަށް ރައްކާތެރިކަމާއިއެކު ކުނި އުކާލުން

8 – ކުނިކޮއްޓަށް އުކާލެވޭ ކުނި ނައްތާލުމަށްޓަކައި، ވޭސްޓް މެނޭޖްމެންޓްއަށް ކުނި ގެންދިޔުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުން

9 – އިޖްތިމާޢީ ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތައް ފުރުނަނުދީ ބަލަހައްޓާ ޤަވާއިދުން ސާފްކޮށް ބަލަހައްޓަމުން ގެންދިއުން.

10 – މަސައްކަތާއި ގުޅުންހުރި އެންމެހާ ޤާނޫނާއި ޤަވާއިދުތަކަށް ކިޔަމަންވުން

11 – ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ ސްޕަވައިޒަރ ހަވާލުކުރާ މަސައްކަތްތައް ކުރުން

12 - ކުނިގޮނޑުގައި ކުނިތައް ރައްކާތެރިކަމާއިއެކު އަންދާލައިގެން ނައްތާލައި އަދި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން

މަސައްކަތު ގަޑި:

 

މަސައްކަތްކުރަންޖެހޭނީ ، ކޮންމެ ދުވަހަކުވެސް 6 ގަޑިއިރުއެވެ.

ވަޒީފާއިން ވަކިކުރުން:

މިމަސައްކަތުގައި އުޅޭ މުވައްޒަފުންނާއި ދެމެދު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުމާއި ޚިލާފުވުމުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އެމީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

 

ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި :

1 – ވަޒީފާއަށް އެދޭ ފޯމް

2 – ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ސާފުކޮޕީ

3 – ލިބިފައިވާ އެހެނިހެން ސެޓްފިކެޓް

4 – މަސައްކަތު ތަޖުރިބާ ބަޔާންކުރާ ލިޔުމުގެ ކޮޕީ ( މީގެ ކުރީގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަން އަންގައިދޭ އެތަނަކުން ދޫކޮށްފައިވާ ލިޔުން )

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޭޕްރީލް 2023 ގެ 13:00 ގެ ކުރިން، ލަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 އޭޕްރީލް  2023  އާއި 04 މެއި 2023 އާ ދެމެދު ލަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560007/6563758 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

18 އޭޕްރިލް 2023