މަސައްކަތް
ނަންބަރު: 116/F4/IFB/2015/15
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 19 ޖަނަވަރީ 2015 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކަނޑުމަގުން އަންނަ އެމް.އޭ.ސީ.އެލް ޑިއުޓީ ފްރީގެ މުދާ ކްލިއަރކޮށް އެއަރޕޯޓްގެ ސައިޓަށް ފޯރުކޮށްދޭނެެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

ކަނޑުމަގުން އަންނަ އެމް.އޭ.ސީ.އެލް ޑިއުޓީ ފްރީގެ މުދާ ކްލިއަރކޮށް އެއަރޕޯޓްގެ ސައިޓަށް ފޯރުކޮށްދޭނެެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ވިއްކުމަށް ރާއްޖެއިން ބޭރުން ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯޓް ސައިޓަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަަ ދުވަހުގެ 10:30 އަށް މިކުންފުނީގެ އިދާރީ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމަސައްކަތްތަކާ ގުޅޭގޮތުން އުފެދޭ އިތުރު ސުވާލުތައް އެންމެ ލަސްވެގެން 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ލިޔުމުން (ފެކްސް ނުވަތަ އީމެއިލުން [email protected]) ހުށަހެޅުއްވުން އެދެމެވެ.

ބީލަންތައް ހުށައެޅުމުގެ ސުންގަޑިއަކީ 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަންތައް ހުންނަންވަނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ކޮންމެ ސިޓީއުރައެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، ބީލަން ނަންބަރާއި، ތިރީގައިވާ ގޮތަށް އިނގިރޭސިބަހުން އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

“Male’ Custom Clearance, handling and delivery for MACL Duty Free Sea shipments: Do not open before 25th January 2015, Sunday, 1030hrs”

Address:

Procurement Unit,

Maldives Airports Company Limited,

Corporate Office Building,

Ibrahim Nasir International Airport,

Hulhule’ 22000,

Republic of Maldives.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި، ބިޑް އެވޯޑްކުރާނެ ފަރާތެއް ނިންމާނީ ޓެންޑަރ އިވެލުއޭޝަން ކޮމެޓީންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337279 /3337236 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero

15 ޖަނަވަރީ 2015