ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2023/72
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 20 އޭޕްރިލް 2023 12:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކުގެ ޕަރފޯމަންސް އޮޑިޓަށް ބޭނުންވާ ސާވޭ ކުރުމުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާ ގުޅޭ

އިޢުލާނު          

 

ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކުގެ  ޕަރފޯމަންސް އޮޑިޓަށް ބޭނުންވާ ސާވޭ ކުރުމުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާ ގުޅޭ

 

                 ތިމާވެށީގެ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަޙައްދު ތަކުގެ ޕަރފޯމަންސް އޮޑިޓްގެ ތެރެއިން އޮޑިޓަރ ޖެނެރަލް އޮފީހުގެ ، ޓީމެއް 2023 މޭ 2 ން 2023 މޭ 11 ގެ ނިޔަލަށް ބ.އަތޮޅަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މި ދަތުރުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދު ތަކުގެ އިންސްޕެކްޝަން ހެދުމުގެ އިތުރުން ، ބ.އަތޮޅުން ހޮވާލެވޭ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ހާމަކުރައްވައެވެ. އެހެން ކަމުން މި ސާވޭ ކުރުމުގައި އެ އޮފީހުގެ އޮޑިޓް ޓީމާއެކު މި ރަށުން ހަރަކާތްތެރިވާނެ 4 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުން ވެއެވެ.

އެނިއުމަރޭޓަރުންގެ ހުންނަންވާނެ ޝަރުތުތައް

  • ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން
  • 18 އަހަރު ފުރިފައިވުން
  • ކައުންސިލްގެ މުވައްޒަފެއް ކަމުގައި ނުވުން
  • ސާވޭ ކުރުމަށް ރަށުތެރޭގެ އެކި ހިސާބުތަކަށް ދަތުރު ކުރެވޭނެ މީހެއް ކަމުގައިވުން
  • ގޫގުލް ފޯމް ބޭނުން ކުރަން އެގޭ ފަރާތެއް ކަމުގައިވުން
  • ސާވޭ ކުރުމަށް 3 ދުވަހު ފުލް ޓައިމްކޮށް މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން

ނޯޓް: (އެނިއުމަރޭޓަރުންނަށް ސާވޭ ކުރުމަށް 3 ދުވަސް ދެވޭނެއެވެ. މި ފަރާތް ތަކަށް ދުވާލަކު -/500 (ފަސްސަތޭކަ) ރުފިޔާގެ މަގުން ޖުމްލަ -/1500 (އެންހާސް ފަސްސަތޭކަ) ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ފައިސާ ހަވާލުކުރެވޭނީ ކޮންމެ އެނިއުމަރޭޓަރަކާ ޙަވާލުކުރެވޭ ގެ ތަކުގެ ސާވޭ ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމުންނެވެ)

 

                 ވީމާ ، އެނިއުމަރޭޓަރެއްގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާ ކަމުގެ ލިޔެކިޔުންތަކާއެކު އެފަރާތްކުގެ އައި ޑީ ކާޑުގެ ކޮޕީއެއް 2023 އެޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

                 މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.          

                      27 ރަމަޟާން  1444ހ

18 އޭޕްރިލް 2023