ދިވެހިރާއްޖެ
އީ-ސަރވިސް ޑިވަލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ އެނަލިސްޓްއެއް ބޭނުންވެއްޖެ |
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިކަންހުރި ސޮފްޓްވެއަރ އެނަލިސްޓެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަސައްކަތުގެ މުއްދަތު: |
1 އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 މެންދުރުފަހު 3:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 5:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.) |
އުޖޫރަ: |
މަހަކު -/12,000 ރުފިޔާ |
ފެންވަރު/ޝަރުޠު |
(މި މަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) |
މައިގަނޑު މަސައްކަތްތައް: |
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
|
ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް [email protected] ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
24 ރަބީޢުލްއައްވަލް 1436