މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮކިއުމަންޓް)
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް އޮފީސް
|
މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝް/ކޮމާސް އާ ގުޅުންހުރި ދާއިރާއަކުން އެންމެ ދައްވެގެން އެމް.ކިޔު.އޭ ލެވަލް 06 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝް/ކޮމާސް އާ ގުޅުންހުރި ދާއިރާއަކުން އެންމެ ދައްވެގެން އެމް.ކިޔު.އޭ ލެވަލް 05 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕްރޮކިއުމަންޓް ޕޮލިސީގައިވާގޮތުގެމަތިން ޕްރޮކިއުމަންޓް ގެމަސައްކަތްތައް ކުރުން.
- ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރޭގައި ހިމެނޭ އެންމެހާ ފޯރމުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
- އައު ކްލައެންޓުން ހޯދުމާއި ކްލައެންޓް ޑާޓާބޭސް ބެލެހެއްޓުން
- އަގު ހޯދުމަށް ބޭނުންވާ RFQ ތައްޔާރުކޮށް ސަޕްލަޔަރުންނަށް މެއިލްކުރުން
- ލިބޭ އަގުތަކަށް ބިނާކޮށް ހުލާސާ ތައްޔާރުކުރުން
- ޕްރޮކިއުމަންޓްގެ އުސޫލާއި އެއްގޮތަށް އިއުލާނުކޮށް އަދި ޓެންޑަރ ޑޮކިއުމަންޓްތައް (އެކަށީގެންވާ ހާލަތްތަކުގައި ބިޑްތައް ވިއްކުން) ދޫކުރުން.
- ރިކުއެސްޓްކުރާ ޑިޕާޓްމަންޓްގެ މުވައްޒަފަކާއެކު، ޕްރީ -ބިޑް މީޓިންގ/މައުލޫމާތުދޭ ސެޝަން/ސައިޓް ވިޒިޓްތައް ހަމަޖެއްސުމާއި އަދި ހާޒިރުވާ ފަރާތްތަކަށް މައުލޫމާތު ދިނުން.
- މީޓިންތަކުގެ ރެކޯޑްތައް ބެލެހެއްޓުން.
- ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބިޑް އިވެލުއޭޓްކޮށް އަދި ހޮވުމަށް ޓެންޑަރ ކޮމިޓީއަށް ބިޑްތައް ހުށަހެޅުން.
- އިވެލުއޭޝަން އަދި ސިލެކްޝަންއަށް ފަހު ޓެންޑަރ އެވޯޑްކުރުމަށް ހުއްދަ ހޯދުމަށް ޓެންޑަރ ކޮމިޓީއާއި ގުޅިގެން މަސައްކަތްކުރުން. ޓެކްނިކަލް އިވެލުއޭޝަންއެއް (ޓެކްނިކަލް ކޮމިޓީއަކުން) ބޭނުންވާ ހާލަތްތަކުގައި، ޓެންޑަރ ކޮމިޓީއިން އިވެލުއޭޓްކުރުމުގެ ކުރިން ޕްރޮޕޯޒަލްތައް ޓެކްނިކަލްގޮތުން އިވެލުއޭޓްކުރެވިފައިވާކަން ޔަޤީންކުރުން.
- ހޮވުނު ފަރާތަށް އެވޯޑްކުރާކަމުގެ ސިޓީ ("ނޮޓިފިކޭޝަން އޮފް އެވޯޑް") ފޮނުވާ އަދި ނުހޮވޭ ފަރާތްތަކަށް އެކަން އެންގުން.
- ބިޑްގެ އެންމެހާ ޝަރުތުތައް ފުރިހަމަކުރާކަން ޔަގީންކުރުން.
- ކޮންޓްރެކްޓްގައި ސޮއެކުރުމުގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް؛ ޤާނޫނީ ލަފާ ބޭނުންވާނަމަ ލީގަލް ޑިޕާޓްމަންޓާއި މަޝްވަރާކުރުން.
- ލިބިފައިވާ މުދާތައް/ޚިދުމަތްތަކަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުގެ އެޕްރޫވަލް/މުދާ ނުވަތަ ޚިދުމަތްތައް ލިބުނުކަމަށް ސޮއެކޮށްފައިވާ ރިސީޓް ހޯދުން. މައްސަލައެއް މެދުވެރިވެއްޖެނަމަ، ސަޕްލަޔަރާއި މަޝްވަރާކޮށް މައްސަލަ ހައްލުކުރުން.
- ކޮންޓްރެކްޓް ބެލެހެއްޓުން؛ ޝަރުތުތަކަށް ގެންނަންޖެހޭ ބަދަލުތައް ("މޮޑިފައި") ގެނައުން އަދި ކޮންޓްރެކްޓް ބަންދުކުރުމަށް ("ކްލޯޒް އޮފް ކޮންޓްރެކްޓް") ތައްޔާރުކުރުން.
- ބޭނުންވާ އެޕްރޫވަލްތައް ލިބުމުން ފައިސާ ދެއްކުމަށްޓަކައި އެކައުންޓްސް/ފައިނޭންސް ޑިޕާޓްމަންޓަށް ރިކުއެސްޓްކުރުން.
- ކޮންމެ ޕްރޮކިއުމަންޓަކާއި ގުޅޭ ލިޔެކިޔުންތައް ތަރުތީބުކޮށް، އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އެސެޓް ރެޖިސްޓްރީ ބެލެހެއްޓުން.
- އެސެޓް ރެޖިސްޓްރީގައިވާ މުދަލުގެ ތެރެއިން ހަލާކުވެގެން ނައްތާލަންޖެހޭ އެންމެހާ މުދާ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ނީލަން އުސޫލުން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކުރިއަށްއޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- އެނުއަލް ޕްރޮކިއުމަންޓް ޕްލޭން ތައްޔާރު ކުރުން.
- ސެކްޝަނުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމަމުން ގެންދިޔުމުގައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ސެކްޝަނާއި ހަވާލުވެ ހުންނެވި ވެރިޔަކު އިސްކަންދެއްވާ ގޮތުގެމަތިން ކުރަމުން ގެންދިޔުން.
- ސެކްޝަނުގެ ވެރިން އަންގަވާ ގޮތުގެމަތިން ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި އޮފީހުގެ އެހެނިހެން މަސައްކަތްކުރުން.
|
ވަޒީފާއަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
މުސާރައާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ -/5000ރުފިޔާ
- ސަރވިސް އެލަވަންސް -/7192ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
- ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
- ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
- ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
- ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
|
ސުންގަޑި:
|
2023 އޭޕްރިލް 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
|
އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
|