ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)248-ED/248/2023/30 ( 19 ފެބްރުވަރީ 2023) އިޢުލާނާއި ގުޅިގެން ހއ.އިހަވަންދޫކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅާނީ 6500256 އަށެވެ. އަދި މި އިދާރާއަށް ޙާޟިރުވެގެން ވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
ވީމާ، މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް " ހއ.އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި ކެފޭއެއް " ހެދުމަށް އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިޔުއްވާފައެވެ. އަދި ދަންނަވަމެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަމުގައި ރަޖިސްޓަރީ ވުމުގެ މުއްދަތު |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
ބްރާސްފަތި |
20 އެޕްރީލް 2023 |
13:00 އަށް |
އަންދާސީހިސާބު ހުށަހެޅުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
އަންގާރަ |
02 މެއި 2023 |
11:00 ގައި |
- ބީލަން ހުށައެޅޭނީ މަތީގައި ދެވިފައިވާ މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ސާފުކުރުމަކީ ބީލަން ހުށައަޅާފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.