ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD /434/2015/01
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:29
ސުންގަޑި: 19 ޖަނަވަރީ 2015 13:30
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އެޖެންސީގެދަށުން ހިގަމުންދާ ސެންޓަރުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަގާމު

ސުޕްރިންޓެންޑެންޓް (އެސިސްޓެންޓް ޑިރެކްޓަރ)

ބޭނުންވާ އަދަދު

1

މަގާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ  (އެމް. އެސް 3)

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް / ހުޅުމާލެ

ތަޢުލީމާއި ތަޖުރިބާ

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާ އެއްގޮތަށް ސެންޓަރުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، އަހަރީ ޕްލޭނެއް އަކަށައަޅައި، އެއާ އެއްގޮތްވާގޮތުގެމަތިން ހިންގައި ބެލެހެއްޓުން.
  2. އަހަރީ ބަޖެޓް ހަދާފައި ހެޑް އޮފީހަށް ފޮނުވުމާއި، އެ އަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަނުގެ މެންޑޭޓާ ގުޅޭގޮތުން ރާވައި ހިންގުން.
  3. ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ، ގެންނަންޖެހޭ ބަދަލުތައް، ވެރިންގެ މަޝްވަރާގެމަތިން ގެނައުން.
  4. ސެންޓަރުގެ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށްގެން ބެލެހެއްޓުމާއި، މުދަލާއި  ފައިސާއާއި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ހެޔޮގޮތުގައިތޯ ބަލައި، އެގޮތަށް ހިނގާކަން ކަށަވަރުކުރުން.

މަގާމު

ކައުންސެލަރ

ބޭނުންވާ އަދަދު

3

މަގާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1  (އެމް. އެސް 1)

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން 

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް / ހުޅުމާލެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކްލައިންޓުންގެ އެސެސްމަންޓް ހެދުން.
  2. އިންޑިވިޖުއަލް ކައުންސެލިންގއާއި ފެމެލީ ކައުންސެލިން ދިނުން.
  3. ކްލައިންޓް ސެންޓަރުގައި އެޑްމިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  4. ކްލައިންޓާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
  5. ކްލައިންޓުގެ ޕްރޮގްރެސް މޮނިޓަރކޮށް، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  6. ގްރޫޕް މީޓިންގތައް ބޭއްވުން.
  7. ކްލައިންޓާއި އާއިލާއާ ގުޅުވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ޕްރޮގްރާމް ކޯޑިނޭޓަރާއި، ޕިއަރ އެޑިއުކޭޓަރުންނަށް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ސެންޓަރުގެ ޞިއްޙީ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،       
  3. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  (ޖީ. އެސް 4)

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން 

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް / ހުޅުމާލެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކްލައިންޓުންގެ އެސެސްމަންޓް ހެދުން.
  2. އިންޑިވިޖުއަލް ކައުންސެލިންގއާއި، ފެމެލީ ކައުންސެލިން ދިނުން.
  3. ސެންޓަރުގައި ކްލައިންޓު އެޑްމިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  4. ކްލައިންޓާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
  5. ކްލައިންޓުގެ ޕްރޮގްރެސް މޮނިޓަރކޮށް، އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  6. ގްރޫޕް މީޓިންގތައް ބޭއްވުން.
  7. ކްލައިންޓާއި އާއިލާއާ ގުޅުވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ޕްރޮގްރާމް ކޯޑިނޭޓަރާއި ޕިއަރ އެޑިއުކޭޓަރުންނަށް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ސެންޓަރުގެ ޞިއްޙީ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ

ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓް ލިޔުން)
  3. ކައުންސެލަރުގެ މަޤާަމަށާއި އެސިސްޓެންޓް ކައުންސެލަރ މަޤާމަށް ހުށަހަޅާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅާ ފަރާތްތަކުން ކައުންސެލަރުގެ މަޤާަމަށާއި އެސިސްޓެންޓް ކައުންސެލަރުގެ މަޤާމަށް ޝަރުޠު ފުރިހަމައެއް ނުވާނެއެވެ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  7. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

2015 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުއަރީމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައި.

ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 15 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3334568 އެވެ.

- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 16 ރަބީޢުލްއައްޥަލް 1436

07 ޖަނަވަރީ 2015