މުވައްޒަފުން ބޭނުންވާ މަޤާމުތައް
މަޤާމު: ޕްރައިމަރީ ޓީޗަރ (ވަގުތީ)
މަސައްކަތް ހަމަޖެހިފައިވާ ތަން: އަމީނިއްޔާ ސްކޫލް
ބޭނުންވާ ޢަދަދު: 04
ޝަރުޠު:
މަޤާމު
|
ރޭންކް
|
ކްލެސިފިކޭޝަން
|
ޝަރުޠު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
ޓްރެއިންޑް ޓީޗަރ
|
GS4
|
ޓީޗިންގ ސަރވިސް އޮފިސަރ 1
|
- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން
|
5020.00
|
2500.00
|
MS1
|
ޓީޗިންގ ސަރވިސް އޮފިސަރ 2
|
- ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ނުވަތަ ޕްރޮފެޝަނަލް ސެޓްފިކެޓެއް ނުވަތަ އެޑްވާންސްޑް ޑިޕްލޮމާއެއް ނުވަތަ އެސޯސިއޭޓް ޑިގްރީ ނުވަތަ ފައުންޑޭޝަން ޑިގްރީއެއް ހާސިލުކޮށްފައިވުން
|
5610.00
|
2500.00
|
ގްރެޖުއޭޓް ޓީޗަރ
|
MS2
|
ޓީޗިންގ ސަރވިސް އޮފިސަރ 3
|
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
|
6295.00
|
2500.00
|
ކޮލިފައިޑް ޓީޗަރ
|
MS3
|
ޓީޗިންގ ސަރވިސް އޮފިސަރ 4
|
- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން،
- ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާލިބިފައިވުން
|
7035.00
|
2500.00
|
MS4
|
ޓީޗިންގ ސަރވިސް އޮފިސަރ 5
|
- ކިޔވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗްލާރސް ޑިގްރީއެއް އޮތުމާއެކު ތައުލީމީ ދާއިރާއިން އިތުރު ބެޗްލާރސް ޑިގްރިއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން، ނުވަތަ
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް (ބެޗްލާރސް ޑިގްރީއެއް ނެތި) އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެތްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން، ނުވަތަ
- ޓީޗިންގ ސަރވިސް އޮފިސަރ 4ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން
|
7875.00
|
2500.00
|
EX1
|
ޓީޗިންގ ސަރވިސް އޮފިސަރ 6
|
- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލާރސް ޑިގްރީއެއް އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ
- ކިޔަވައއިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް އަދި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއްހާސިލުކޮށްފައިވުމާއިއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ
- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން
|
8835.00
|
2500.00
|
EX2
|
ޓީޗިންގ ސަރވިސް އޮފިސަރ 7
|
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީފާހެއް ޙާސިލްކޮށްފައިވުން.
- ޓީޗިންގ ސަރވިސް އޮފިސަރ 6ގެ މަޤާމުގެ ޝަރުޠުހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިވާ ލިބިފައިވުން
|
9890.00
|
2500.00
|
ސީނިއަރ ޓީޗަރ
|
EX3
|
ޓީޗިންގ ސަރވިސް އޮފިސަރ 8
|
- ޓީޗިންގ ސަރވިސް އޮފިސަރ 7ގެ މަޤާމުގެ ޝަރުޠުހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިވާ ލިބިފައިވުން
|
11,065.00
|
2500.00
|
EX4
|
ޓީޗިންގ ސަރވިސް އޮފިސަރ 9
|
- ޓީޗިންގ ސަރވިސް އޮފިސަރ 8ގެ މަޤާމުގެ ޝަރުޠުހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިވާ ލިބިފައިވުން
|
12,400.00
|
2500.00
|
EX5
|
ޓީޗިންގ ސަރވިސް އޮފިސަރ 10
|
- ޓީޗިންގ ސަރވިސް އޮފިސަރ 9ގެ މަޤާމުގެ ޝަރުޠުހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިވާ ލިބިފައިވުން
|
13,890.00
|
2500.00
|
EX6
|
ޓީޗިންގ ސަރވިސް އޮފިސަރ 11
|
- ޓީޗިންގ ސަރވިސް އޮފިސަރ 10ގެ މަޤާމުގެ ޝަރުޠުހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިވާ ލިބިފައިވުން
|
15,560.00
|
2500.00
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް އިސްލާމް/ ދިވެހި ފިޔަވައި ހުރިހާ މާއްދާއެއް ކިޔަވައިދިނުން
- ދަރިވަރުންގެ އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ، މަސައްކަތްކުރުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު
- އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
- މުއްދަތު ހަމަނުވާދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ފޮޓޯކޮޕީ
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް
- ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތާއި ރޭންކް އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް
ސުންގަޑި: މަޤާމުތަކަށް އެދިލައްވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 14 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު އަމީނިއްޔާ ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު: 3008736 ފެކްސް: 3313726
- ވަޒީފާއަށް އެދޭ ފޯމު އަމީނިއްޔާ ސްކޫލުން ލިބެން ހުންނާނެއެވެ.
ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާންގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަމީނިއްޔާ ސްކޫލްގައެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.
21 ރަބީޢުލްއައްވަލް 1436
|