ދެންނެވުން
ނަންބަރު: (IUL)407-MS407/407/2023/15
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 28 އޭޕްރިލް 2023 12:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދަރުގައި އަޅާފައިވާ އުޅަދު ފަހަރު ބަދަލުކުރުމާއި ބެހޭ

 މިހާރު މިރަށުގައި މަރާމާތް ކުރަމުންދާ ބަދަރުގެ އެއްގަމު ތޮށިގަޑުގެ ޝީޓްފައިލް ކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާތީ މިހާރު މަސައްކަތްކުރާ ސަރަހައްދުގެ އެއްގަމު ތޮށިގަޑު، އަރިމަތީ ދެތޮށިގަޑުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން މިހާރު ބޭނުންނުކުރާ އުޅަދުތައް މިއަދުން ފެށިގެން 10ދުވަހުގެ ތެރޭ ބަދަނރުގެ ހުޅަނގު ދެކޮނުފަރާތު ސަރަހައްދަށް ބަދަލުކޮށްދެއް ވުމަށާއި، އަދި މިހާރު ބޭނުންކުރާ އުޅަދުފަހަރު މިއިދާރާއިން އެންގުމުން އެވަގުތަކު ބަދަނރުގައި ޖާގައޮތް ސަރަހައްދު ތަކަށް ކައުންސިލްގެ މަޝްވަރާގެ މަތިން ބަދަލުކުރުމަށް ތައްޔާރު ވެގެން ތިބުމަށް އެންގީމެވެ. ބަދަނރުގެ މަސައްކަތް އަވަހަށް ކުރިޔަށް ގެންދެވޭނީ ތިޔަބޭފުޅުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުން ކައުންސިލަށް ލިބިގެން ކަމަށް ވާތީ، ބަދަނރު ބޭނުންކުރާ ހުރިހައި ފަރާތް ތަކުގެ އެހީތެރިކަމާއި، އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ވާހަކަދެންނެވީމެވެ.

 ތިޔަފަރާތްތަކުގެ އުޅަނދު ފަހަރުތައް ނަގާ އެކިއެކި ސަރަހައްދަށް ބަދަލުކުރުމުންނާއި، އަދި ބަދަނރުގެ މަސައްކަތް  ކުރަމުން ދާއިރު ތިޔަފަރާތް ތަކަށް ދަތިތަކެއް ދިމާވާނެކަން ކައުންސިލަށް އެނގޭތީ ތިޔަފަރާތްތަކުގެ  ކިބައިން މައާފަށް އެދޭވާހަކަވެސް ދެންނެވީމޭވެ. ބަދަނރުގެ މަސައްކަތް ކުރަމުންދާނީ ވީހާވެސް ދަތިތައް ކުޑަކުރެވޭ ގޮތަށް ބަލައިގެން ކަމަށްވެސް ތިޔަފަރާތްތަކުގެ މައުލޫމާ ތައްޓަކައި ދެންނެވީމެވެ.

 އަދި ދަންނަވަމެވެ. މިދެންނެވި މުއްދަތުގައި އުޅަދުފަހަރު ނުނަގައިފިނަމަ ކައުންސިލުން އެ އުޅަނދުފަހަރުތައް ނަގާނެ ކަމަށާއި، އުޅަދުފަހަރު ނެގުމުގައި ދިމާވާނެ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށާއި، އަދި އެއްވެސް ޚަރަދެއް ހިގައިފިނަމަ އެޚަރަދެއް ކައުންސިލަށް ދައްކަން ޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

17 އޭޕްރިލް 2023