މަސައްކަތް
ނަންބަރު: (IUL)KRH-PLD/2023/50
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި:
26 އޭޕްރިލް 2023 12:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިނޭ ސިއްޙީ މަރުކަޒުގެ ޕޯޓިކޯ އަދި އިމާރާތަށް އިތުރުކުރެވޭ ބައިގެ މަސައްކަތް.
މި އިޢުލާނަކީ ފިނޭ ސިއްޙީ މަރުކަޒުގެ ޕޯޓިކޯ އަދި އިމާރާތަށް އަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، ފިނޭ ސިއްޙީ މަރުކަޒުގެ ޕޯޓިކޯ އަދި އިމާރާތަށް އަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތްކުރުމަށް، ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 17 އެޕްރީލް 2023 ވާ ހޯމަ ދުވަހުން ފެށިގެން 26 އެޕްރީލް 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރައްވުން އެދެމެވެ.
- މި އިއުލާނަށް ރަޖިސްޓަރ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ފޮނުއްވާ އީމެއިލްތަކުގެ ސަބްޖެކްޓް ގައި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 5 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 30 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި މި މަސައްކަތާ ގުޅުންހުރި ހުރިހާ ލިޔެކިޔުމެއް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް ނުވަތަ ފިނޭ ސިއްހިމަރުކަޒު)
- ތާރީޚް: 08 މެއި 2023 ( ހޯމަ ދުވަސް )
- ގަޑި: 11:00 ގައި
17 އޭޕްރިލް 2023