މަޤާމް: އެޑްވޮކޭޓަރ (ޕްރޮޖެކްޓް މެނޭޖްމަންޓް)
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ކްލެސިފިކޭޝަން: MS3
|
އަސާސީ މުސާރަ: މަހަކު -/7،035 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
މަޤާމުގެ ޝަރުތުތައް:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ކައުންސިލްތަކަށާއި ކައުންސިލް އިދާރާއަށް ބޭނުންވާ ހުނަރާއި ތަމްރީނުތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ޢިލްމީ ދިރާސާއާއި އެހެނިހެން މަސައްކަތް ކުރުން.
- ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ކައުންސިލްތަކަށާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ފާހަގަކުރުމަށްފަހު އެކަމަށް ބޭނުންވާ ސިލަބަސްތަކާއި މެޓީރިއަލް ތައްޔާރުކުރުން.
- ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ހިންގުމަށްޓަކައި ބޭނުންވާ އިދާރީ ތަމްރީނުތަކަާއި ފަންނީ ތަމްރީންތައް ރާވައި ހިންގުން.
- ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ކުރަންޖެހޭ ޢިލްމީ ދިރާސާތައްކުރުމާއި މަޢުލޫމާތު ހޯދުމާއި އާއްމުކުރުން.
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ކައުންސިލްތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީންތައް ހިންގުމާއި، ތަމްރީންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުން.
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން އެކިއެކި މުވައްސަސާތަކުން އެދޭ ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ކައުންސިލްތަކަށް ހިންގައިދިނުން.
- އެލް.ޖީ.އޭ އިން ރާވާ ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ކިޔަވައިދޭނެ ފެސިލިޓޭޓަރުން ހޯދައި، ކަމާގުޅޭ މައުލޫމާތާއި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން.
- ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން، ކައުންސިލްތަކުން އެދި ހުށަހަޅާ ތަފާތު ޓްރޭނިންގތައް ރާވައި، އެފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ކައުންސިލްތަކަށް ހިންގައިދިނުމާއި، ފެސިލިޓޭޓަރެއްގެ ހައިސިއްޔަތުން ޓްރޭނިންގތަކުގައި ކިޔަވައިދިނުން.
- ކައުންސިލްތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ބޭނުންވާ ޓްރޭނިންގތައް ފާހަގަކޮށް، ކޮންމެހެން ހުންނަންޖެހޭ ހުނަރާއި މަޢުލޫމާތު ހުރި މިންވަރު ބެލުން.
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ޓްރޭނިންގ ރިކުއަރމެންޓްތަކަށް ބޭނުންވާ ކޯސްތައް ފަރުމާކުރުމާއި، މުޤައްރަރުތައް އެކުލަވައިލުމާއި، އެމްކިއުއޭއަށް ހުށަހަޅައިގެން ކޯސްތައް އެކްރެޑިޓްކުރުމަށް މަސައްކަތްކުރުމާއި، ޓްރޭނިންގަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގެ ކަންކަން ކުރުން.
|
އުޖޫރަޔާއި ޢިނާޔަތްތައް:
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ) ދެވޭނެއެވެ.
|
މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:
|
- މި މަޤާމަށް މީހުން ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ، ނުވަތަ މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބި އޮތްނަމަވެސް، ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޤަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭފަދަ ރަސްމީ ލިޔުމެއް.
- ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)
|
ސުންގަޑި:
|
- މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 15:00 ށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޯލް ޕޯސްޓް ބިލްޑިންގުގެ ފުރަތަމަ ފަންގިފިލައިން) ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔުކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓްކުރެވޭ 10 ފަރާތަކާއެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013109,3013123،3006724 ގެ ފޯނުން ސާފުވާނެއެވެ.
|