ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު MPAO/I/2014/50-ފ216 (5 ނޮވެންބަރު 2014) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު
ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން ދިވެހިރާއްޖޭގެ ޕެންޝަންގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްޓޭކްހޯލްޑަރ އޭޖެންސީތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މިގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް މިމަސައްކަތުގައި އެހީތެރިވެދޭނެ، ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
Software Developer (Local):މަޤާމު
ބޭނުންވާ އަދަދު: 2
މުސާރަ: ތިން މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި މަހަކު -/33,000 ރުފިޔާ އަދި ޕްރޮބޭޝަނަރީ މުއްދަތަށްފަހު މަސައްކަތުގެ ފެންވަރަށް ބަލައި މަހަކު -/36,000 ރުފިޔާ.
މުއްދަތު: 5 މަސް ދުވަހުގެ ކޮންޓްރެކްޓެއް
މިމަޤުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މިމަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މިމަޤާމުގެ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މި ޓަރމްސް އޮފް ރެފަރެންސް މިއޮފީހުގެ ވެބްސައިޓު www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
- ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް.
މިމަޤާމަށް ހޮވޭ ފަރާތްް މަސައްކަތް ކުރައްވާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގައެވެ. އަދި، މިފަރާތަކީ ވާރލްޑް ބޭންކުގެ އެހީގައި ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން އައްޔަންކުރެވޭ ފަރާތަކަށް ވުމާއެކު، މިމަޤާމަށް މީހަކު އައްޔަންކުރެވޭނީ ވާރލްޑް ބޭންކުގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން، ސިޓީއަކުން، އީމެއިލަކުން ނުވަތަ ފެކްސްއިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި، މިމަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް
އަމީނީ މަގު، 20379
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3309908
ފެކްސް ނަންބަރު: 3307759
އީމެއިލް:[email protected] [email protected],