މަސައްކަތް
ނަންބަރު: (IUL)286-MP/286/2023/41
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 30 އޭޕްރިލް 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ފުޓްސަލްދަނޑު މަރާމާތު ކުރުމުގެ މަސައްކަތް

ނ. ކެނދިކުޅުދޫ ފުޓްސަލްދަނޑު މަރާމާތުކޮށް، ޓާރފް ބަދަލުކުރުމުގެ މަސައްކަތް މިކައުންސިލް އިން ތައްޔާރުކޮށްފައިވާ ކުރެހުންތަކާއި ސްޕެސިފިކޭޝަނާއި އެއްގޮތަށް، އަމިއްލަ ތަކެތީގައިކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  23 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހު  00:14 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރު ކުރެވިފައިވާ ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  • ލިންކް: https://forms.office.com/r/1PcwUH0gDe
  • މިބީލަމުގައި ރަޖިސްޓްރީ ވުމަށް -/50 (ފަންސާސް ދިވެހި ރުފިޔާ) ގެ ނޮން-ރިފަންޑަބްލް ރެޖިސްޓްރޭޝަން ފީއެއް ނެގޭނެއެވެ.
  • މަތީގައިވާ ލިންކް މެދުވެރިކޮށް ދީފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ކެނދިކުޅުދޫ ކައުންސިލްގެ އެކައުންޓަށް ރެޖިސްޓްރޭޝަން ފީ ޓްރާންސްފަރ ކުރަންވާނެއެވެ. އަދި ކެނދިކުޅުދޫ ކައުންސިލްގެ ކޯޕަރޭޓް ޔުނިޓުގެ ވައިބަރ ނަންބަރު +9609442742  އާއި ކެނދިކުޅުދޫ ކައުންސިލުގެ ޕްރޮޖެކްޓްސް އީމެއިލް: [email protected] އަށް ފައިސާ ޓްރާންސްފަރ ކުރިކަމުގެ ރަސީދު ފޮނުވަން ވާނެއެވެ.

އެކައުންޓް ނަންބަރު : 7720700434001

އެކައުންޓް ނަން: 1326 REVENUE 1

  • ރެޖިސްޓްރޭޝަން ފުރިހަމަކުރެވޭނީ ފޯމު ފުރުމަށްފަހު ރެޖިސްޓްރޭޝަން ފީ ޓްރާންސްފަރ ކުރިކަމުގެ ރަސީދު ފޮނުވުމުންނެވެ.
  • ރެޖިސްޓްރޭޝަން ފުރިހަމަކުރުމުން ބީލަމުގެ މަޢުލޫމާތު ކަރުދާހާއި، ޕްރޮޖެކްޓްގެ ތަފްސީލީ ކުރެހުންތަކާއި، ބީލަން ހުށަހަޅާ ފޯމު އަދި ބީލަން ހުށަހެޅުމަށް މި އިދާރާއިން ފޯރުކޮށްދޭ އެންމެހާ ޑޮކިޔުމެންޓްތައް ކެނދިކުޅުދޫ ކައުންސިލުގެ ޕްރޮޖެކްޓްސް އީމެއިލް: [email protected] މެދުވެރިކޮށް ރެޖިސްޓްރޭޝަން މުއްދަތުގެ ތެރޭގައި އެފަރާތަކަށް މެއިލް ކުރެވޭނެއެވެ.

 

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން  24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި،  ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބީލަން ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމު ކަމެކެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.
  • ބައްދަލުވުމުގައި ނ.ކެނދިކުޅުދޫ ފުޓުސަލްދަނޑު މަރާމާތުކުރުމާއި ގުޅޭ ކުރެހުންތަކާއި ސްޕެސިފިކޭޝަންގެ އިތުރުން ބީލަމުގެ މުހިންމު މަޢުލޫމާތާއި ތަފްޞީލު ހިއްސާކުރެވޭނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބީލަން ހުޅުވުން އޮންނާނީ 30 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހެޅިފަރާތުގެ މަޢުލޫމާތާއި ޕްރޮޖެކްޓް ނަމާއި އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.
  • އީމެއިލް މެދުވެރިކޮށްވެސް ބީލަން ހުށަހެޅޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަންވާނެއެވެ. މެއިލް ކުރާނީ [email protected] އަށެވެ.
  • ނަންނޯޓު ނުކުރާ ނުވަތަ ރެޖިސްޓްރޭޝަން ފުރިހަމަނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަން އަދި އީމެއިލްވެސް ބަލައެއް ނުގަނެވޭނެއެވެ.

މާކްސް ދިނުން

  • މަސައްކަތު އަގަށް %60 (ފަސްދޮޅަސް ޕަސަންޓް)
  • މަސައްކަތުގެ މުއްދަތަށް %30 (ތިރީސް ޕަސަންޓް)
  • މަސައްކަތުގެ ތަޖުރިބާ އަދި ފަންނީ ޤާބިލްކަމަށް (ދިހަ ޕަސަންޓް)

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑުތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

25 ރަމަޟާން 1444

16   އޭޕްރީލް    2023

16 އޭޕްރިލް 2023