ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އާބާދުމަގު ދެކުނުކޮޅު މަގުގެ އިރުމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެގެން ކުރެވުނު މި އިދާރާގެ ނަންބަރު: IUL)318-PP/318/2014/87) އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅާފައިވަނީ ދެ ފަރާތަކުން ކަމަށްވުމާއެކު، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 15 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ.
ބިޑް ހުޅުވުން އޮންނާނީ 2015 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ 14:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
- "މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި އަލަށް ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
- ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.