މަސައްކަތް
ނަންބަރު: MNU-CA-PAMD/2023/57
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި:
25 އޭޕްރިލް 2023 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ފޮޓޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
- މޭ މަހު ބާއްވާ މި ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ފޮޓޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2023/50 ކުރެވުނު އިއުލާނާ ގުޅިގެން ލިބުނު ބީލަންތަކުގެ އަގުބޮޑުކަމަށްވާތީ އެ އިއުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތައް ވަނީ ބާޠިލުކޮށްފައެވެ. ވީމާ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 25 އޭޕްރިލް 2023 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ: |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ |
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މާލެ، ދިވެހިރާއްޖެ ފޯން: 7565020 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 3345109, 33451483345110، 3345111 އީ-މެއިލް: [email protected] |
16 އޭޕްރިލް 2023