މަސައްކަތް
ނަންބަރު: (IUL)30-G/1/2015/03
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 19 ޖަނަވަރީ 2015 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެދަށުން، ދަނޑުވެރިކަމާ ގުޅޭ ފަންނީ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާތީ، މިތަމްރީނުތައް ހިންގުމަށް ބޭނުންވާ ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. އަދި މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ތަފުސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މިމިނިސްޓްރީގެ ނަންބަރު 3341836 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް އެޑްރެހަށް [email protected] އީމެއިލް ކުރުމުން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޓީ.އޯ.އާރ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ، ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މެރިން ރިސަރޗް ސެންޓަރުގައި ހުންނަ މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015