މަސައްކަތް
ނަންބަރު: (IUL)285/285/2023/19
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 20 އޭޕްރިލް 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫގެ އާ ގަބުރުސްތާނު 1 އަހަރު ދުވަހަށް ގަސްތައް ނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ނ. ހެނބަދޫގެ އާ ގަބުރުސްތާނު 1 އަހަރު ދުވަހަށް ގަސްތައް ނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

       މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ނ. ހެނބަދޫގެ އާ ގަބުރުސްތާނު 1 އަހަރު ދުވަހަށް ގަސްތައް ނޮޅައި ސާފުކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން       20 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.                                މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.    އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

                            22 ރަމަޟާން 1444

                            13 އޭޕްރީލް 2023

 

16 އޭޕްރިލް 2023