ދިވެހިރާއްޖެ
ތ.ވިލުފުށިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތައް ސާފުކުރުމާއި ވެލިއެޅުމުގެ މަސައްކަތަށް ގެނެސްފައިވާ ހެވީ ވެހިކަލްތަކާއި ލޭބަރުން ތ.ވިލުފުށިން ގްރޭޓަރ މާލެ އޭރިޔާއަށް ގެންދިއުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން shorturl.at/HJNT4 މި ލިންކު މެދުވެރިކޮށް ބީލަމުގައި ބައިވެރިވުމަށް އެދި 2023 އޭޕްރިލް 23 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކޮށް ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު 2023 އޭޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެސް[email protected] އަށް ފޮނުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
| 
 | ތާރީޚް | ވަގުތު | 
| ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން | 16 އޭޕްރިލް އިން 23 އޭޕްރިލް 2023 | 08:00 އިން 13:00 | 
| މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) | 23 އޭޕްރިލް 2023 | 13:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 27 އޭޕްރިލް 2023 | 14:00 | 
ތ.ވިލުފުށިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތައް ސާފުކުރުމާއި ވެލިއެޅުމުގެ މަސައްކަތަށް ގެނެސްފައިވާ ހެވީ ވެހިކަލްތަކާއި ލޭބަރުން ތ.ވިލުފުށިން ގްރޭޓަރ މާލެ އޭރިޔާއަށް ގެންދިއުމުގެ މަޢުލޫމާތު ޝީޓް، މި އިޢުލާނާއި އެޓްޗްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 / 9742454 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.