ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)329/329/2023/20
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 24 އޭޕްރިލް 2023 11:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑު ގޯލް ފުޓުބޯޅަ މުބާރާތެއް ހިންގާފާރާތަކަށް ކައުންސިލުން ދޫކުރާ އެހީއަށް ކުރިމަތިލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލުން

އިޢުލާން:

ބޮޑު ގޯލް ފުޓުބޯޅަ މުބާރާތެއް ހިންގާފާރާތަކަށް ކައުންސިލުން ދޫކުރާ އެހީއަށް ކުރިމަތިލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލުން

 

           މިރަށުގައި ބޮޑު ގޯލް ފުޓުބޯޅަ މުބާރަތެއް ހިންގުމަށް ބޭނުންވާ ކުލަބު ޖަމްޢިއްޔާތަކަށް ކައުންސިލްގެ އެހީއަށް އެދުމުގެ ފުރުސަތުހުޅުވާލަމެވެ. މިފުރުސަތު ހުޅުވާލެވިފައިވަނީ މިރަށުގެ ކުލަބު ޖަމްޢިއްޔާތަކަށެވެ.

އެގޮތުން މިކަމަށް ހުށަހަޅާ ޕޮރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކަށް -/20 000 ( ވިހިހާސް ރުފިޔާ)ގެ އެހީ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވެއެވެ.

ޕޮރޮޕޯސަލް ހުށަހަޅަންވީ ސުންގަޑި:

24 އޭޕަރީލް 2023 – 11:00 ގެ ކުރިން

[email protected]

 

  

ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވަނީ:

މުބާރާތްހިންގުމަށް އެޖަމްޢިއްޔާ/ކުލަބު އަކުން ކުރާނެ ޙަރަދު

80%

މުބާރާތް ހިންގުމުގެ ތަޖުރިބާ

20% ( ހިންގާފައިވާ ކޮންމެ މުބާރާތަކަށް 5 ޕޮއިންޓް)

 

16 އޭޕްރިލް 2023