ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)246/246/2023/9
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:21
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ދައްކަންޖެހޭ އަގު ކަނޑައެޅުމާއި ގުޅޭ

ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު ނަންބަރު: 2022/R-181  (30 އޮކްޓޯބަރ 2022)ގެ 5 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން، ހއ. މޮޅަދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ހއ. މޮޅަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 97 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.

 

އަގު ދެއްކުމަށް ކައުންސިލުން ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  • އެއްފަހަރާ ފައިސާދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 50.00 ރ (ފަންސާސް ރުފިޔާ)
  • ފައިސާ ދައްކާ މުއްދަތު 6 (ހަމަސް) ދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 60.00 ރ (ފަސްދޮޅަސް ރުފިޔާ)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 އޭޕްރިލް 2023