ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ އެގްޒެކެޓިވް ގޮޑި އަދި މީޑިއަމް ބެކް ގޮޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މާލެއަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ އެގްޒެކެޓިވް ގޮޑި އަދި މީޑިއަމް ބެކް ގޮޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 20 އޭޕްރިލް 2023 ވަނަ ދުވަހު 13:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 20 އޭޕްރިލް 2023 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އޭޕްރިލް 2023 ވަނަ ދުވަހުގެ 11:00 އަށް ޕޮރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.