ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެނަންބަރު (IUL)RDC-HRM-RDC-2023-94އިޢުލާނުގެ ތިރީގައިމިވާ މަޤާމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ޑިޒައިނިންގ އޮފިސަރ |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 1 |
މުސާރަ: |
މަހަކު 5500.00ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރެފިކްސް ޑިޒައިން އިން ނުވަތަ މަލްޓިމީޑިއާގެ ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. - ވީޑިއޯ ކްލިޕްތަކާއި ވީޑިއޯ ރިޕޯޓްތައް އެޑިޓްކޮށް ހެދުމާއި ކުރު ކްރިއޭޓިވް އެނިމޭޝަންތައް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޮންސެޕްޓްތަކާއި އާޓްވޯކްސްގެ އިނިޝިއަލް ލޭއައުޓް ފަރުމާކޮށް އޭގެ ރިވިޝަންތައް ނިންމާ ހަވާލުކުރުން - ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ފަދަ ތަފާތު މީޑިއަމްތަކަށް ބޭނުންވާ ވިޝުއަލް މެޓީރިއަލް ކޮންސެޕްލައިޒްކޮށް، ޑިޒައިންކޮށް، ޑިވަލޮޕްކުރުން. - މާކެޓިންގ ކެމްޕެއިންތައް ހިންގުމަށް ޓީމުގެ އެހެން މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރުން. - ޓާގެޓް އޯޑިއަންސް އެންގޭޖްކޮށް ކީ މެސެޖިން ފޯރުކޮށްދޭ ވިޝުއަލް ޑިޒައިންތައް އުފެއްދުން. - ހުރިހާ ޗެނަލެއްގައި ވެސް ކޮންސިސްޓެންސީ ކަށަވަރު ކުރުމަށް ބްރޭންޑް ގައިޑްލައިންތަކާއި ވިޝުއަލް ސްޓޭންޑަޑްތައް އެކުލަވާލައި ބެލެހެއްޓުން. - އިމަރޖިންގ ޑިޒައިން ޓްރެންޑްތަކާއި ޓެކްނޮލޮޖީއާއިއެކު އަޕްޑޭޓްވެ، އެކަށީގެންވާ ގޮތެއްގައި ޑިޒައިންތަކުގައި ހިމެނުން. - ކުންފުނީގެ ބްރޭންޑިންއާ ގުޅުންހުރި މަސައްކަތްތައް ރާވައި ހިންގުން. - ވެބްސައިޓާއި ސޯޝަލް މީޑިއާ ކޮންޓެންޓާއި ބްރޯޝާ، ކެޓަލޮގްތަކާ ގުޅުންހުރި ޑިޒައިން މަސައްކަތްތައް ކުރުން - ކޮންސެޕްޓް ސްޓޭޖުން ފެށިގެން ފައިނަލް ޑިޒައިންތައް އުފައްދައި، ކްރިއޭޓިވް ކޮންސެޕްޓްތަކެއް ހެދުން. - ވީޑިއޯ އަދި ފޮޓޯގްރަފީއަށް ބޭނުންވާ ޑިޒައިން އިންޕުޓް ފޯރުކޮށްދިނުން. - އުފައްދާ ހުރިހާ ޑިޒައިނެއް އާކައިވްކޮށް ބެލެހެއްޓުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 23 އޭޕްރިލް 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މެއި މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
25 ރަމަޟާން 1444