ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2023/30
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 27 އޭޕްރިލް 2023 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް 2023

      2023 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން "ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް 2023"  ގެނަމުގައި ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ 19 މޭ 2023 ވަނަ ދުވަހުއެވެ.

       މިމުބާރާތް އިންތިޒާމުކޮށް ހިންގުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިކޮމިޓީގެ މެންބަރަކަށް، މުބާރާތުގަ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރާ ކޮންމެ މެޗަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ގެ އެލަވަންސް އެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ. އަދި މުބާރާތުގެ އިންތިޒާމްތަށް ހަމަޖެއްސުމުގެ އަގަކަށް -/1000ރ (އެއްހާސް ރުފިޔާ) ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މިކޮމިޓީ އަށް މެންބަރުން ހޮވުމުގައި އިސްކަންދޭނީ ކުޅިވަރުތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކަށެވެ. މިކޮމެޓީގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަށް ތިރީގައި މިވަނީއެވެ.

  1. މުބާރާތަށް ދަނޑު ތައްޔާރުކުރުން
  2. މުބާރާތުގެ މެޗުތަށް ލައިވް ކުރުން އަދި އެނައުންސްކުރުން
  3. މުބާރާތުގެ މެޗުތަށް ޖަޖުކުރުން / މަގާމުތަށް ހޮވުން
  4. އަދި މީގެއިތުރުން މުބާރާތް ފުރިހަމަ އިންތިޒާމެއްގެތެރެއިން ގެންދިއުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

ވީމާ، ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ 01:00 ގެ ކުރިން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާކަން އަންގައިދޭ ލިޔުމާއެކު ސިޓީއަކުން މުބާރާތުގެ ހިންގާ ކޮމިޓީގައި ހިމެނުމަށްއެދި މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

16 އޭޕްރިލް 2023