ބީލަން
ނަންބަރު: (IUL)355-ESMS/355/2023/29
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި:
26 އޭޕްރިލް 2023 11:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު
އިއުލާން
ބީލަން ހުށައެޅުމުގެ ދައުވަތު
- 02 އަހަރު ދުވަހަށް އދ. ފެންފުށީ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ލޯ ފަރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސް އެއްގޮތަށް ދަފުތަރު ކޮށްފައިވާ، އަދި ޤާނޫނުތަކާއި އެއްގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.
- މި މަސައްކަތަށް ކުރިމަތިލާއިރު އެ ލޯ ފާރމްގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ އަދި ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަލިބިފައިވާ ވަކީލެއް ނުވަތަ ވަކީލުން ތިބެންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަންބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަންބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ 20 އެޕްރީލް 2023ވާ ބުރާސްފަތި ދުވަހު 11:00އެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
- މައުލޫމާތު ދިނުމުގެ ބައްދަލުވުން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 26 އެޕްރީލް 2023ވާ ބުދަ ދުވަހު 11:00ގައި މިކައުންސިލްގެ މީޓިންރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށައަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮއްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 24 އެޕްރީލް 2023ވާ ހޯމަ ދުހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރައްވަންވާނެއެވެ.
14 އެޕްރީލް 2023
އދ. ފެންފުށީ ކައުންސިލްގެ އިދާރާ
އަމީނީމަގު، ފެންފުށި
ފޯން: 6680539
އީމެއިލް: [email protected]
14 އޭޕްރިލް 2023