ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/161
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 16:03
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން

(IUL)38-AC/38/2023/161 :ނަންބަރު

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވެފައިވާތީ، ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓުލުމުގެ ވަގުތު މިއަދު 17:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށްފަހު ކަމަށާއި ގުނަން ފަށާގަޑި އެމަރުކަޒެއްގައި އިޢުލާންކުރާނެ ވާހަކަ ދަންނަވަމެވެ.  

15 އޭޕްރިލް 2023