ނީލަން
ނަންބަރު: (IUL)179-3.2/1/2015/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 17 ޖަނަވަރީ 2015 11:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަންކިޔަން ބޭނުންވެއެވެ.

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ގޮނޑިއާއި ކޮމްޕިއުޓަރ އަދި އިކުއިޕްމަންޓު ފަދަ ތަކެތި) 17 ޖަނަވަރީ 2015 ވާ ހޮނިހިރުދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން އޮންނަ ތަން:              ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

                         އެމް.ޓީ.ސީ.ސީ ޓަވަރ 4 ވަނަ ފަންގިފިލާ

                         ބޮޑުތަކުރުފާނުމަގު، މާލެ

މުދާ ބެލޭނެ އިންތިޒާމު:            ނީލަމުގައި ދޫކުރާ މުދާ ބެލޭނެ އިންތިޒާމު 17 ޖަނަވަރީ 2015 ވާ ހޮނިހިރުދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެއެވެ. 

ނީލަމުގައި ބައިވެރިވުމާއި ނަން ނޯޓުކުރުންް:  ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 ޖަނަވަރީ 2015 ވާ ހޮނިހިރުދުވަހުގެ ހެނދުނު 11:00އާއި 11:20 އާ ދެމެދު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި، ނީލަމުގައި ބައިވެރިވުމަށް ނަން ނޯޓުކުރަންވާނެއެވެ.

ނީލަން ގަޑި:                  ހެނދުނު 11:30

ފައިސާ ދެއްކުން:                ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދެއްކިދާނެއެވެ. ނުވަތަ 17 ޖަނަވަރީ 2015 ގެ 12:30 ގެ ކުރިން މިއޮތޯރިޓީއަށް ދައްކައި ޚަލާޞް ކުރަންވާނެއެވެ.

މުދާ ގެންދިއުން:                ނީލަމުން ނަގާ މުދާ، 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 އާއި 17:00 އާދެމެދު މި އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާ ނުލައި ނައްތާލެވޭނެއެވެ. 

އިތުރުމަޢުލޫމާތު:                ނީލަން ލިސްޓުގައި ނަން ނޯޓުކޮށްފައިނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. 

މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015