ދިވެހިރާއްޖެ
އިޢުލާން ނަންބަރ: (IUL)HUR/1/2023/54
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
މި ސްކޫލުގެ ބޭނުމަށް 3000 ދަބަސް ފަހައިދިނުމުގެ މަސައްކަތް ކުރުމަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 19 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 10:00 ގައި ހުރަވީ ސްކޫލްގައެވެ.
މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ: 18/2014 އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުރަވީ ސްކޫލް
ފޯން: 3350711 / 3350704
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
13 އޭޕްރިލް 2023