މަސައްކަތް
ނަންބަރު: (IUL)13-K/13/2023/138
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 04 މޭ 2023 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ސުޕަވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު: TES/2023/C-003)

 

1. ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި  ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ސުޕަވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. މިކޮންސަލްޓެންސީ ޚިދުމަތުގެ ތެރޭގައި، (i) ކޮސްޓްރަކްޝަން ޑިޒައިންތައް ރިވިއު ކުރުމާއި އެޕްރޫވް ކުރުން (ii) ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ކޮންޓްރެކްޓުތަކުގައި ސޮއިކުރުމުން އެމަސައްކަތްތައް ސުޕަރވައިޒް ކުރުން ހިމެނެއެވެ. މި ޚިދުމަތުގެ މުއްދަތަކީ ކޮންޓްރެކްޓުގައި ސޮއި ކުރާ ތާރީޚުން ފެށިގެން 30 މަސް ދުވަހެވެ.

3. މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންނެވެ. އަދި ގެ މާޖިން އޮޕް ޕްރިފަރެންސް ދިވެހި އަދި ސައުދީ ޖޮއިންވެޗަރ ފާރމްތަކައް އޮންނާނެވެ.

4. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ.

5. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، މަތީގައި ދެންނެވިފައިވާ މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތުގެ ޤާބިލްކަމާއި ތަޖުރިބާ ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާއަކީ؛(i)  10 އަހަރު ދުވަހުގެ ޖެނެރަލް އެކްސްޕީރއަންސް؛ (ii)  މިމަސައްކަތަށް ކަނޑައަޅާފައިވާ ސްކޯޕްއާ އެއްވަރުގެ ކޯލްޑް ސްޓޯރޭޖާއި ރެފްރިޖެރޭޝަން ކޮމްޕްލެކްސް ޑިޒައިން ކުރުމާއި އެފަދަ ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމުގެ ތަޖުރިބާ؛ (iii) ޕަވަރ ޖެނެރޭޝަނާއި ޑިސްޓްރިބިއުޝަންގެ ކޮންސަލްޓަންސީ ޚިދުމަތުގެ ތަޖުރިބާ؛ (iv) ކުދި ރަށްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ؛ (v) މިމަސައްކަތަށް ބޭނުންވާ ކީ އެކްސްޕަރޓްސް ހުރިކަން އެނގެން އޮތުން ހިމެނެއެވެ. ޝޯޓްލިސްޓް ކުރުމުގެ މިމަރުހަލާގައި ކީ އެކްސްޕާޓްސްގެ ބައި އިވެލުއޭޓް ކުރުމަށް ހަމަޖެހިފައި ނުވެއެވެ.

6. ކޮންސަލްޓަންޓުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު އިތުރު ކުރުމަށްޓަކައި އެހެން ފަރާތްތަކާއިއެކު ޖޮއިންވެންޗަރ ހެދިދާނެއެވެ. ނަމަވެސް މިމަސައްކަތަށް އެފަރާތެއް ހޮވިއްޖެނަމަ، އެ ޖޮއިންޓްވެންޗަރގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންވާނެއެވެ.

7. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، "ދަ ގައިޑްލައިން ފޮރ ދަ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޮރ ދަ އެކްސެކިއުޝަން އޮފް ވަރކްސް އެންޑް ދަ ޔޫސް އޮފް ކޮންސަލްޓަންޓްސް އޮފް ދަ ޑިވެލޮޕްމެންޓް އިންސްޓިޓިއުޝަންސް މެމްބަރސް އޮފް ދަ ކޯޑިނޭޝަން ގްރޫޕް- ފަސްޓް އެޑިޝަން 1995" ގައިވާ އުސޫލުންނެވެ.

8. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ (ރަމަޟާން މަހު: 09:30 އިން 13:00).

9. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 މޭ 2023 ވާ ދުވަހު 13:00:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

 އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : +960 3349191, +960 3349106, +960 3349115

އީމެއިލް  :  [email protected]

ކޮޕީ   :  [email protected]

13 އޭޕްރިލް 2023