ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ހއ.ދިއްދޫ ސައިޓުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް ކާޕެންޓަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3 |
އަސާސީ މުސާރަ: |
މަހަކު -/4500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1800ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހއ.ދިއްދޫ ޕްރޮޖެކްޓް ސައިޓު |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅޭ ދާއިރާއަކުން 2-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޭބަލް ޖަންކްޝަންތަކުގެ މޯލްޑް ހެދުން. - ކޮންކްރީޓް ކީ ތައްޔާރުކުރުން. - ކާސްޓިންގ ޔާޑު ހެދުމުގެ މަސައްކަތް ކުރުން. - ސައިޓު ސެޓަޕް ހެދުމުގައި އެހީތެރިވުން. - ސައިޓުގައި ކުރެވޭ މެއިންޓެނެންސް މަސައްކަތްތަކުގައި ބައިވެރިވުން. - ކާޕެންޓްރީގެ މަސައްކަތުގެ ތާވަލު އެކުލަވައިލުމާއެކު އެއާއި އެއްގޮތަށް މަސައްކަތްކުރުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 18 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް/މޭއި މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |