ކުއްޔަށް ދިނުން
ނަންބަރު: A/IUL/344/2023/46
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 30 މޭ 2023 13:15
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކައުންސިލްގެ ރަޖިސްޓްރީގެ ދަށުގައިވާ ރައްވެހިގެ ބިމުން (އިރުމަތިން) 8030 އަކަފޫޓްގެ ބިން 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމާއި ބެހޭ

މި އިޢުލާންވަނީ 17 މޭ 2023 22:05 ގައި ބާތިލް ކުރެވިފައެވެ.


އިއުލާން ނަންބަރު:A/IUL/344/2023/46

ޢިއުލާން

އއ.ފެރިދޫ ކައުންސިލްގެ ރަޖިސްޓްރީގެ ދަށުގައިވާ  ރައްވެހިގެ ބިމުން (އިރުމަތިން) 8030 އަކަފޫޓްގެ ބިން 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމާއިބެހޭ

އއ. ފެރިދޫ ކައުންސިލްގެ ރަޖިސްޓްރީގެ ދަށުގައިވާ ރައްވެހިގެ ބިމުން (އިރުމަތިން ) 8030 އަކަފޫޓުގެ ބިން  ފަތުރުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރުމަށް 30 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ބޭނުންވާތީ މި ކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ. ވީމާ މިކަމަށް ޝައުޤު ވެރި ވެލައްވާ ފަރާތްތަކުން 2023 އޭޕްރިލް 27 ވާ ބުދަ ދުވަހު 13:00 ގެ ކުރިން ބިޑްފޮތް ބައްލަވައި ގެންނެވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި ބީލަމާއި ގުޅޭގޮތުން ބީލަން ވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2023 މެއި 03 ވަނަ ދުވަހުގެ 13:15 ގައި މި ކައުންސިލްގެ އިދާރާގައެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މެއި 30 ވަނަ ދުވަހުގެ 13:15 ގައި ކައުންސިލްގެ އިދާރާގައި ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހެއްގައެވެ. އަދި ބިޑު ހުށައެޅޭނީ ބައްލަވައި ގަންނަވާ ކޮންމެ ބިޑު ފޮތަކަށް 1 ބިޑެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލް ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

13 އޭޕްރިލް 2023