ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2023/55
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 16 އޭޕްރިލް 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

އިޢުލާން

 

 

 

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، 1444 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ދެއްވި ކަދުރުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ތިނަދޫއަށް ދެއްވި ކަދުރު ވަނީ މިއިދާރާއަށް ލިބިފައެވެ.

ތިނަދޫގައި ކަދުރު ބަހާނީ، 2022 (1443) ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުޞޫލުންނެވެ. މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުންނެވެ. އެގޮތުންވެސް ކޮންމެ  ގެބިސީއަކަށް ބަހާނީ 1 ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރާ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް ތިނަދޫ ސްޓޭޑިއަމްގައި ހުންނަ ތިނަދޫ އިޖުތިމާޢީ މަރުކަޒުންނެވެ.

           ކަދުރު ބަހާނީ 16 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

13 އޭޕްރިލް 2023