ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414-1/414/2023/34
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 13 ޖުލައި 2023 00:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާފުކޮށް ބަލަހައްޓަމުން ނުދާ ގޯތި ތަށް ބާޠިލްކުރުމަށް

ސާފުކޮށް ބަލަހައްޓަމުން ނުދާ ގޯތި ތަކާއި އިންވަކި ކޮށް ކަންމުޑި އަޅާފައި ނުވާގޯތިތަށް ބާޠިލު ކުރުމާއި ބެހޭ

             ބައެއް ފަރާތްތަކުން ދިރިއުޅުމަށްޓަކައި ގޯތި ނެގުމަށްފަހު އެގޯތި ތަށް އެއްވެސް ވަރަކަށް ސާފުކޮށް ބަލަހައްޓަމުން ނުދިއުމާއި އަދި މިހާތަނަށް ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން ބައެއް ގޯތި ތަކުގައި ކަންމުޑި އަޅައި އިން ވަކިކޮށްފައި ނުވާތީ ރަށުގެ މަގުތަކާއި ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމުގައި ދަންނަވަމެވެ. މިގޮތުން މިކަން ހައްލުކުރުމަށްޓަކައި ގޯތިތަކުގެ ވެރިންނަށް އެގޯތި ތަކާއި އެގޯއްޗާއި އިންވެގެންވާ މަގުތަށް ސާފުކޮށް ބަލަހައްޓަމުން ދިއުމަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެންގިފައި ވީނަމަވެސް މަދު ފަރާތްތަކުން ނޫނީ މިކަމަށް އިޖާބަ ދީފައި ނުވާކަންވެސް މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.

           މިހެން ކަމުން މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އިންވަކި ނުކުރާ ގޯތިތަކުގެ ކަންމުޑި އަޅައި އިންވަކި ކުރުމަށާއި އަދި ސާފުނުކުރާ ގޯތިތަށް ސާފުކުރުމަށް އަންގަމަވެ. އަދި މިއެންގުމާއި އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ ގޯތިތަށް ބާޠިލްކުރެވޭނެ ކަންވެސް އެއްމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގަމެވެ.  

13 އޭޕްރިލް 2023