| މަޤާމް: ކައުންސިލް އެސިސްޓެންޓް (ވޭޖް) | އުޖޫރަދެވޭގޮތް: މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 33.65 ރުފިޔާ | 
| ރޭންކް : އެސް. އެސް 1 ( ސަޕޯޓް ސަރވިސް 1 ) ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1 މަގާމުގެ ގިންތި: (ވޭޖް) | އޮފީސް /އިދާރާ : މަނަދޫ ކައުންސިލް އިދާރާ ޔުނިޓް: ސޯޝިއަލް އެންޑް މުނިސިޕަލް ސާރވިސް ޔުނިޓް ސެކްޝަން: ޕްލޭނިންގ އެންޑް މުނިސިޕަލް ސާރވިސް | 
| ވަޒީފާއަދާކުރަން ޖެހޭ ތަން: ނ.މަނަދޫ ކައުންސިލްގެ އިދާރާ | ބޭނުންވާ ޢަދަދު: 15 މުއްދަތު: 2 އަހަރު ދުވަހަށް | 
| އެހެނިހެން ޢިނާޔަތްތައް: | ޙާއްސަ ހާލަތަކާއި ގުޅިގެން ކައުންސިލުން އެދިގެން އިތުރުގަޑީގައި މަސައްކަތްކުރުވާނަމަ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| މަޤާމުގެ އަސާސީޝަރުޠުތައް | ލިޔަން ކިޔަން އެނގުން. ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: 
ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، 
ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައގެންނެވެ. ނުވަތަ، ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. | 
| މަޤާމުގެ މަސްޢޫލިއްޔަތުތައް:       | 
މަނަދޫ ބަނދަރުމަގު ހަޑިވިޔަނުދީ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.                ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ވާ ވިޔަނުދީ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.ޙާއްސަ މުނާސަބަތުތަކާއި ޙާއްސަ ދުވަސްތަކާއި ގުޅިގެން ކައުންސިލްއިން އަންގާގޮތެއްގެ މަތީން ކުނިކަހާ ސާފުކުރުން.ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންތައް ވިނަނޮޅާ ކުނިކަހާ ސާފުކުރުން.އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުވޭ މިންވަރު ދެނެގަނެ ބަރާބަރަށް ކޮންމެ ދުވަހަކު ސްޕަވައިޒަރަށް ރިޕޯޓް ކުރުން.ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތީން ކުރުން. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.އިންސާފުވެރިކަމާއި ތެދުވެރިކަމާއި އެކު ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާއި ބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގެ އެއްބަސްވުމާއި ޚިލާފު ނުވާގޮތަށް ސިވިލް ސަރވިސް މުވައްޒަފެއްގެ ޙައިޡިއްޔަތުން މަސައްކަތް ކުރުން. | 
| ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
ލިބިފައިވާ ތަޢުލީމާއި ތަމްރީންލިބިފައިވާ މަސައްކަތުގެ ތަޖުރިބާލިބިފައިވާ ހުނަރު | 
| އިންޓަވިއުކުރުން:  | 
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 އެޕްރީލް 2023 އާއި 05 މެއި 2023 އާ ދެމެދު، ނ. މަނަދޫ ކައުންސިލްގެ އިދާރާގައެވެ. | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އެޕްރީލް 2320 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ އަށެވެ.ރހ | 
|     އެޕްލިކޭޝަން އާއި އެކު ހުށަހަޅަންޖެހޭ ތަކެތި         | ހުށަހަޅަންޖެހޭ ލިޔުންތައް:  
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް ލިބެން ހުންނާނީ ރަސްމީގަޑީގައި މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި ،ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ )މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއި އެކު) | 
|   މަޢުލޫމާތު ސާފުކުރުން | މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560029 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. | 
|  |  |  |